Roadha Mihaaru
މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި

މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި

08 ފެބުރުއަރީ 2018

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދޫނިދޫގައި ބެހެއްޓުމަށް ފަހު މިރޭ މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދޫނިދޫގައި ބެހެއްޓުމަށް ފަހު މިރޭ މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

ތިން ތުހުމަތެއްގައި މައުމޫން ހައްޔަރުކުރުމަށް ފަހު، ކުރިން މިރެއާ ހަމައަށް ބަހައްޓާފައި ހުރީ ދޫނިދޫގަ އެވެ. ނަމަވެސް މިރޭ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ. އެކަމަކު ސަބަބެއް ހާމަނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

ނަމަވެސް އެ ހުރިހާ ތުހުމަތުތަކަށް މައުމޫން އިންކާރު ކުރައްވަ އެވެ. ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަަމަށެވެ. އަދި ހައްޔަރު ކުރި ކަމުގައި ވިޔަސް އެ މަނިކުފާނު ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.