18 ޖުލައި 2016
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ ޓެރަރިސްޓް ހަމަލާއެއް ދީގެން ސަރުކާރު ވައްޓާލަން ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ ޓެރަރިސްޓް ހަމަލާއެއް ދީގެން ސަރުކާރު ވައްޓާލަން ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ނަމުގައި ކޯލިޝަން ހަދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރިޔަސް، އެކަމާ ބިރުނުގަންނަ ކަމަށެވެ. އަދި މި ގައުމުގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ލީޑަރުން އިނގިރޭސި ވިލާތުގައި ތިއްބަވައިގެން ސަރުކާރުން ވައްޓާލަން އުޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައި ތިއްބެވި ލީޑަރުންނަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމަށް ތާއީދު ކުރުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ވެރިކަން ވައްޓާލަން ގޮވުމަކީ ޓެރަރިޒަމް އަމަލެއް. އިނގިރޭސި ވިލާތުގައި ތިއްބަވައިގެން އެހެން ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، އިނގިރޭސި ވިލާތުން އެކަމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމަށް ތާއީދު ކުރުން،" ރިޔާޒް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ނަޝީދާއި ޖަމީލު އަދި އަލީ ވަހީދު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައި.
މީގެ ހަތް އަހަރު ކުރިން ސްރީ ލަންކާގައި ނިމުނު ދާހިލީ ހަނގުރާމައިން މިސާލު ނަންގަވަމުން ރިޔާޒް ވިދާޅުވީ އެއީ ވަރަށް ގިނަ އަހަރުތަކެއްގެ ރޭވުމަކަށް ފަހު ފެށި ހަނގުރާމައެއް ކަމަށެވެ. އެގޮތުން ތަމަޅަ ޓައިގަރުންގެ ނަމުގައި އުފެދުނު އެ ޖަމާއަތް ފުޅާވެ، އެންމެ ފަހުން ލަންކާ ސަރުކާރު ވައްޓާލަން ކުރި ހަނގުރާމައަށް އެތައް އަހަރެއް ވި ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.
"އެކަހަލަ މަންޒަރެއް މި ފެންނަނީ. (އިއްތިހާދުން) އެމީހުން އެކި ގޮތްގޮތަށް މަސައްކަތް އެ ކުރަނީ ވެރިކަން ވައްޓާލަން،" ރިޔާޒް ވިދާޅުވި އެވެ.
ލަންކާގައި ތަމަޅައިން ހަނގުރާމަކުރީ އެ ގައުމުގެ އުތުރުގައި ތަމަޅައިންގެ ވަކި ގައުމެއް އުފައްދާށެވެ. އެ ހަނގުރާމަ ފެށުނީ ތަމަޅައިންނާ މެދު ސިންގަޅައިންނާއި ސަރުކާރުން ވަރަށް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ، އެ ހިތްހަމަނުޖެހުންތަކުގަ އެވެ.
ރިޔާޒު ވިދާާޅުވީ ޑިމޮކްރަސީއަށް ލޯބިކުރާ ބަޔަކު އިނގިރޭސި ވިލާތުގައި ތިބެ، އެހެން ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ސަރުކާރު ވައްޓާލަން ރާވާއިރު، އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ނަމަ، އިނގިރޭސިންނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ބައެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.
ސަރުކާރުގެ ލަފައާ އެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާ އިސްލާހަށް ބަހުސް ކުރައްވަމުން މަޖިލިހުގައި ރިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި ވެސް ދެ ފުށަށް ކެނޑޭ ބަޔަކު އެބަ ތިއްބެވެ. އަދި ވަޒީރުންގެ ގޮތުގައި "ގޮތް ނޭނގޭ" މިނިސްޓަރުން ތިއްބެވި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ދޭން މިނިސްޓްރީތަކުގައި ތިއްބަވަން ޖެހޭނީ މިނިވަންކަމާ އެކު މަސައްކަތް ކުރެއްވޭނެ ބޭފުޅުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ޖެހެނީ ގިނަ ހިދުމަތްތަކެއް ހުއްޓުމެއް ނެތި ހިނގާތީ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދަށް ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ނުހިންގޭތީ އިއްތިހާދުން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ޖަލްސާއެއް ބާއްވާނެ ތަނެއް ވެސް އިދިކޮޅު އިއްތިހާދު ތަމްސީލް ކުރާ ފަރާތްތަކަށް ސަަރުކާރުން ނުދެ އެވެ.
އެކަމަކު ހުއްދަ ނުލިބުނަސް، އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.
ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ
24 ގަޑިއިރަށް ބަންދު ކުރެވޭ ގޮތަށް ބިލް ބަދަލުކޮށްފި
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ