Roadha Mihaaru
އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފި

15 މާޗް 2018

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ މިރޭ ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ މިރޭ ހައްޔަރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު އެ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު އީސާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އެ ޕާޓީން ބުނެ އެވެ. ނަމަވެސް އޭނާ އަށް ފުލުހުން ކުރާ ތުހުމަތެއް އަދިއެއް ނޭނގެ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިދިކޮޅު ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ރޭވުމުގެ ތުހުމަތެވެ. އަނެއް ބަޔަކަށް ކުރަނީ ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހުށަހެޅުމާއި ދިނުން އަދި މާލޭގައި ރޯކުރަން އުޅުމާއި މާލޭގެ އަމަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި ރިޝްވަތު ހުށަހެޅުމާއި ދިނުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް އިދިކޮޅު ގިނަ ބަޔަކު ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.