ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ އިންސާނުންނަށް ފުރިހަމަވާން ޖެހޭ އެންމެ އަސާސީ މިންގަނޑަށް ވެސް ނުފެތޭ ގޮޅިއެއް ގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ، އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
16 މާޗް 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ އިންސާނުންނަށް ފުރިހަމަވާން ޖެހޭ އެންމެ އަސާސީ މިންގަނޑަށް ވެސް ނުފެތޭ ގޮޅިއެއް ގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ، އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާޝް އާއި އިތުރު ދެ މެމްބަރަކު ފާރިސްއާ އެކު ދޫނިދޫގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ފާރިސްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ގޮޅީގެ މައްސަލަ ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ރައީސް އޮފީހަށް އެ ކޮމިޝަނުން ހުށަހަޅާފައި ވާނެ ކަމަށް އެޗްއާރުސީއެމުން ބުނާ ކަމަށެވެ. އަދި ގޮޅީގައި ކެމެރާ ހަރުކޮށްގެން، 24 ގަޑިއިރު އެތަން ބަލަމުން ގެންދިއުމަކީ ޓޯޗާގެ އަމަލެއް ކަމަށާއި އެހެންވެ، އެކަން ނުކުރުމަށް ފުލުހުން ގާތު އެދިފައިވާނެ ކަމަށް އެޗްއާރުސީއެމާ ހަވާލާދީ، ފާރިސްގެ ވަކީލުން ބުންޏެވެ.
އަދި ދޫނިދޫގައި ތިން ބުރިއަށް ހަދާފައި ހުންނަ އިމާރާތުގެ ގޮޅިތަކަށް އެއްވެސް ވަރަކަށް އިރުގެ އަލިކަން ނުވަންނަ މައްސަލަ ވެސް އެޗްއާރުސީއެމްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ ވަކީލުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. ގޮޅިތަކަށް އެއްވެސް ވަރަކަށް އިރުގެ އަލިކަމެއް ނުވަނުމުގެ ނަތީޖާ އަކީ އެ ތަންތަނުގައި ތިބޭ މީހުންނަށް ހަމުގެ ބައްޔެއް ޖެހުން ކަމަށް ވެސް ވަކީލުން ބުންޏެވެ. މީގެ އިތުރުން، ގޮޅިތަކުގެ ފާހާނާގައި ހުންނަ އިސްކޫރަކުން، ބުއިމަށް ފެން ބޭނުން ކުރާ މައްސަލަ ވެސް ފުލުހުންގެ ސަމާލުކަމަށް އެޗްއާރުސީއެމުން ގެނެސްފައިވާ ކަމަށް، އެ ކޮމިޝަންގެ މެމްބަރުންނާ ހަވާލާ ދެއްވައި ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.
ފާރިސް ވަނީ ޖަލާ ގުޅޭ ގޮތުން އޭނާ އެންމެ ކުރިއްސުރެ އެޗްއާރުސީއެމްގައި ފާހަގަކުރި މައްސަލަތަކަށް އެއްވެސް ހައްލެއް އައިސްފައި ނުވާތީ އެކަމުގެ ކަންބޮޑުން ވެސް ފާޅުކުރައްވައިފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 38 ދުވަހު ޖަލުގައި ހުންނެވި އިރު، ފާރިސް ޒިންމާވާން ޖެހޭ އާއިލާއެއް އެބައޮތް ކަމާއި އެކަމަކު ހާލަތުގެ ގޮތުން އެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ވެސް އެޗްއާރުސީއެމްގެ މެމްބަރުންގެ އަރިހުގައި ފާރިސް ވިދާޅުވި ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ. އޭގެ ސަބަބުން ގެއްލިގެން ދަނީ ބަންދުގައި ހުންނަ މީހާގެ ހައްގުތައް އެކަނި ނޫން ކަމާއި މުޅި އާއިލާ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ވެސް ފާރިސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"އެހެންވެ، މި ކަންތައްތައް އެހާ ލުއިކޮށް ނުނެންގެވުމަށް މެމްބަރުން ގާތު ފާރިސް ވަނީ އެދިވަޑައިގެންފަ އެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަ ކަމާމެދު އެޗްއާރުސީއެމުން ދެކޭ ގޮތް ވެސް ސާފުކޮށް ދެއްވުމަށް އެ ކޮމިޝަންގެ މެމްބަރުންގެ އަރިހުން ފާރިސް އެދިވަޑައިގެންނެވި އެވެ. އަދި ޖަވާބެއްގެ ގޮތުން މެމްބަރުން ވިދާޅުވީ "ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އެތަނުން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެ ދިރާސާ ނިމުމުން ޖަވާބު ދެއްވާނެ ކަމަށް" ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ.
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި
ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
އެޗްއާރުސީއެމުން ދޫނިދޫ ޖަލުގެ ހާލަތު ބަލައިފި
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރުސީއެމުން ބަޔާން ނެރުނީ އޮޅޭ ގޮތަށް: ޕޮލިސް
ދޫނިދޫ ޖަލުން ސާފު ފެން ނުދޭތީ ފިޔަވަޅު އަޅަނީ
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ