Roadha Mihaaru
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާކަށް ނޫޅޭ: ޕީޕީއެމް

ޕީޖީގެ އިތުބާރު ނެތް ކަމަށް ހުށަހަޅާކަށް ނޫޅެން: ޕީޕީއެމް

17 މާޗް 2018

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެރިކަންކުރާ ކޯލިޝަނުން މަސައްކަތް ނުކުރާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެރިކަންކުރާ ކޯލިޝަނުން މަސައްކަތް ނުކުރާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މަޖިލީހުން އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީ ބިޝާމް ވަނީ އޭރު ފުލުހުންނަށް އަންގައިފަ އެވެ. މަޖިލީހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ މަދުން މެންބަރުން ތިބި ޖަލްސާއެއްގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް ފާސްކުރުމުން ޕީޖީ ބިޝާމް ފުލުހުންނަށް ފޮނުވި ސިޓީގައި އަންގަވާފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ އެއްގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

Kulli nurakkaluge haalathaa medhu Majileehuge nimmun gaanoonaa khilaafu: PG Bisham

Kulli nurakkaluge haalathaa medhu Majileehuge nimmun gaanoonaa khilaafu: PG Bisham

The most trusted news source in the Maldives

Mihaaru

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީ ބުނުން--

ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. އެއީ، މިހާރުގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.

ޕީޖީގެ އެ އެންގުމާ ގުޅިގެން ޕީޕީއެމްގެ ލީޑާޝިޕުން ވަނީ މީގެ ކުރިން ޕީޖީ އަށް އެ ގޮތަށް ނޭންގޭނެ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ވާހަކަ ނުވެސް ދެކެވޭ ކަމަށެވެ.

"އެމްޑީއޭ/ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕާ އެކުވެގެން ނިންމޭނެ އެއްވެސް ގޮތެއް ނޯންނާނެ. ރައްޔިތުން މަޖިލީހުގެ ތެރެއިން އެ މަސައްކަތް ނުކުރެވޭކަން ސާބިތު ކަމާ އެކީ ދަންނަވަން ކެރޭ،" ޔަގީންކަން ދެއްވަމުން ނިހާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ޕީޖީ ބިޝާމް އޭރު ފުލުހުންނަށް ފޮނުވި ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.