ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ހަސަން ސަލާމް ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އަލީ އަށް ހުވާ ލައިދެއްވީ، ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ފަނޑިޔާރު ކަމުގެ ފަތްކޮޅު ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގެ ޖޭއެސްސީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ފަނޑިޔާރުން ފޮޓޯ އަަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އަލީ އަކީ ކުރިން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މި ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ފަހުން އޭނާ ވަނީ އާސަންދައިގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފަ އެވެ.
ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ހަސަން ލިޔުމުގައި ސޮއި ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އައްޔަން ކުރަން ނިންމީ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން މަގާމަކަށެވެ. އެ ބެންޗްގައި އިތުރު ދެ މަގާމެއް އަދިވެސް ހުސްކޮށް އެބައޮތެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
މައްސަލަ އޮއްވައި ހައިކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އަމްޖަދު
"މުސާރައިގެ ކުރިއެރުން ނުދެވެނީ ބަޖެޓް ނެތުމުން"
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
މައްސަލަ ބަލަމުންދަނިކޮށް ރިޒްނާ އިސްތިއުފާދެއްވައިފި