Roadha Mihaaru
މުޒާހަރާގައި ހައްޔަރުވުމުން އުކުޅަހުން ކީ ހޫނު މަރުހަބާ

މުޒާހަރާގައި ހައްޔަރުވުމުން އުކުޅަހުގައި "ބަތަލެއް"ގެ ދަރަޖަ!

19 މާޗް 2018

އާއްމު ކަމެއް ނޫނެވެ؛ ޝޯޝަލް މީޑިއާގައި ވައިރަލްވާ ވީޑިއޯ އިން ފެނުނު މަންޒަރު ތަފާތެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ އަށް އއ. އުކުޅަހުން މާލެ އައި ޒިޔާދާ އުސްމާން، ހައްޔަރުކުރުމަށް ފަހު، ދޫކޮށްލުމާ އެކު އެނބުރި ރަށަށް ދިއުމުން ހިތްވަރު ދިން ގޮތެވެ. ރަށުގެ ގިނަ އަދަދެއްގެ އަންހެންވެރިން ނުކުމެ ޒިޔާދާގެ ކަރުގައި މާފަތި އެޅުވީ އެވެ. ހައްގުތަކުގެ ދިފާއުގައި އޭނާ ކުރި ހިތްވަރު، ފާހަގަކުރީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އުކުޅަހު ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ޒިޔާދާ މާލެ ދިޔައީ، ހައްގުތަކުގެ ދިފާއުގައި އަޑުއުފުލަން ކަމަށެވެ. މުޒާހަރާގެ އެހެން ބައިވެރިންތަކަކާ އެކު އޭނާ ހައްޔަރުކުރީ، އެމްއެމްއޭ ސަރަހައްދުންނެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯ

މުޒާހަރާ އިން ހައްޔަރުކުރި ގިނަ ބަޔަކާ އެކު ޒިޔާދާ ވެސް ދޫކޮށްލީ ހޮނިހިރު ދުވަހެވެ. އޭނާ އިއްޔެ ރަށަށް ދިޔައިރު، މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް އިދިކޮޅު ސަޕޯޓަރުން ތިބީ ޖަމާވެގެންނެވެ. ލޯންޗުން ފޭބުމާ އެކު ކަރުގައި މާފަތި އަޅުވައި އުފާފާޅުކުރީ އެވެ.

"ބޭއިންސާފަށް ބޯނުލަނބައި، ހައްގުތަކުގެ ދިފާއުގައި ޒިޔާދާ އަޑުއުފުލީމަ ހިތްވަރު ދީ އެކަން ފާހަގަކުރީ. އޭނާ އަށް މަރުހަބާ ކީ، ބަތޮލެއްގެ ދަރަޖާގައި،" އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ވެސް ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީން ކަށަވަރުކޮށް ދީފައިވާ ހައްގުތަކުގެ ދިފާއުގައި ޒިޔާދާގެ ހިތްވަރަށް ސާބަސް ދޭން ޖެހެ އެވެ.

ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުން ކޮންމެ ރެއަކު ވެސް މީހުން ހައްޔަރުކުރެ އެވެ.

ސަރުކާރުން ބުނެފައި ވަނީ، ފެބުރުއަރީ އެއް ވަނަ ދުވަހުގެ ހުކުމަކީ ރިޝްވަތުދީގެން، ސަރުކާރު ވައްޓާލަން ކުރި "ބަޣާވާތެއް" ކަމަށެވެ. އެ ހުކުމް ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އެ ހުކުމުން ދައުލަތް ހިންގުން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރުކެނޑިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.