Roadha Mihaaru
ޝިފާޒަށް ފަރުވާ ދިނުން ލަސްވާތީ ޝަކުވާ އެޗްއާރުސީއެމަށް

ޝިފާޒަށް ފަރުވާ ދިނުން ލަސްވާތީ ޝަކުވާ އެޗްއާރުސީއެމަށް

19 މާޗް 2018

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގައި މިއަދު ޝަކުވާ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގައި މިއަދު ޝަކުވާ ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގެން އެޗްއާރުސީއެމަށް ހުށަހެޅީ، ޝިފާޒަށް ބޭސް ނުދިނުމުގެ އިތުރުން ޑޮކްޓަރަށް ނުދައްކާ ލަސްކުރާ މައްސަލަ އެވެ.

ޝިފާޒްގެ ފަރުވާ ލަސްވާ މައްސަލާގައި އެޗްއާރުސީއެމަށް ޝަކުވާ ހުށަހަޅަން ވަޑައިގަތް އެމްޑީޕީގެ އިސް ބޭފުޅުން.

ޝިފާޒްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ، މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މީގެ މަހެއްހާ ދުވަސްކުރިން ޝިފާޒް ހައްޔަރުކޮށް، ބަޔާން ނެގި ފަހުން އެ މައްސަލައިގައި "ވާނުވާއެއް ނޭނގެ" އެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން އަމަލުކުރަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށާއި ޝިފާޒުގެ ސިއްހީ މައްސަލަތަކަށް ވެސް ފަރުވާކުޑަކޮށްފައިވާ ކަމަށް ޝާއިރު ވިދާޅުވި އެވެ.

ކަސްރަތު ކުރަން އެދުމުން ގޮޅިން ބޭރަށް ނެރެދެނީ އަތުން ބިޑި ނުނައްޓައި ކަމަށާއި މަދިރީގެ އުނދަގޫ އެހާމެ ބޮޑު ދޫނިދޫގައި އެ ގޮތަށް ކަސްރަތު ކުރަނީ ކިހިނެއްތޯ ޝާއިރު ސުވާލު އުފެއްދެވި އެވެ.

ޝާއިރު ވިދާޅުވި ގޮތުގައި ޝިފާޒަކީ ކުއްލި ހާލަތުގެ ތެރެއަށް ފެތޭ ބޭފުޅެއް ނޫނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޝިފާޒް ހައްޔަރުކުރީ އިދިކޮޅުގެ މުޒާހަރާއެއް ކުރަމުން ދަނިކޮށް، އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމަށް ފަހު ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.