ރިޝްވަތު ހުށަހެޅިކަން ސާބިތުވެ، ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިއަދު ފަށަން ހައި ކޯޓުން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.
25 މާޗް 2018
ރިޝްވަތު ހުށަހެޅިކަން ސާބިތުވެ، ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިއަދު ފަށަން ހައި ކޯޓުން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށުގައި ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ގާސިމްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ހަމަޖެއްސުމަށް ފަހު، އަޑުއެހުން ކެންސަލްކުރި ސަބަބެއް ހައި ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް ކުރިއިރު، ގާސިމް އަދިވެސް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. އެކަމަކު ގާސިމްގެ ވަކީލުން ހައި ކޯޓަށް މިއަދު ވަޑައިގަތެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ދައުވާކުރާ ފަރާތުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއްގެ ދައުވާ ފޯމް ބާތިލްކޮށް، މައްސަލަ ބޭރުކޮށްލުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ. އެކަމަކު އެގޮތަށް ބާތިލްކުރާ މައްސަލަތައް އަލުން ހުށަހަޅަން އިތުރު ފުރުސަތެއް އެ ގަވާއިދުގެ ދަށުން ލިބެ އެވެ.
ގާސިމްގެ މައްޗަށް ކުރި އެ ހުކުމާ އެކު، އޭނާ އަދާ ކުރައްވަމުން ގެންދެވި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަމުގެ މަގާމު އޭނާއަށް މިހާރު އަދައެއް ނުކުރެއްވެ އެވެ. އެކަމަކު އެ ދާއިރާގެ ގޮނޑި ހުސްވީ ކަމަކަށް ވެސް އަދި އިއުލާނެއް ނުކުރެ އެވެ. އެ ދާއިރާގެ ގޮނޑި ހުސްވީ ކަމަށް ރަސްމީކޮށް އިއުލާން ކުރާނީ އެ މައްސަލާގައި ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް، އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ އެވެ.
ގާސިމްގެ އިސްތިއުނާފް މައްސަލަ މާދަމާ ނިންމަނީ
ގާސިމް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން އަމުރުކޮށްފި
ގާސިމް ޖަލަށްލި މައްސަލާގެ އިސްތިއުނާފް އާދިއްތަ ދުވަހު
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ލައިވްކުރާނެ
"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"
"ޣައިރު ހާޒިރުގައި ހުކުމްކުރެވޭނެ ކަމަށް ނުދެކެން"
މައުމޫނާއި ގާސިމްގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ
މައުމޫންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ނުގެންދެވުނު
މައުމޫންގެ ޖަލު ހުކުމުގެ އިސްތިއުނާފް މާދަމާ ފަށަނީ
ތިން ބޭފުޅުން ދޫކޮށްލި މައްސަލަ އިސްތިއުނާފެއް ނުކުރާނެ