Roadha Mihaaru

މަނާ ވަގުތު ވެހިކަލް ދުއްވުމުން 97 މީހަކަށް ފިޔަވަޅު އެޅި، 300 އަށް ވުރެ ގިނަ މީހުންނަށް ނަސޭހަތް ދިން

މިއަދު ފާހަަގަކުރާ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މައްސަލާގައި 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.

މަނާ ވަގުތު ދުއްވުމުން 97 މީހަކަށް ފިޔަވަޅު އެޅި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 ޖޫން 2019

މިއަދު ފާހަަގަކުރާ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މައްސަލާގައި 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.

މާލެ ސަރަހައްދުގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ނިންމީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ. އެ ވަގުތަށް އިންޖީނުލީ އުޅނަދުތަކަށް ދުއްވުން މަނާ ކުރި ނަމަވެސް ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ބަސް ފަދަ ވެހިކަލްތަކާއި ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވާ އުޅަނދުތަކަށް އެ ސަރަހައްދުތަކުގައި ދުއްވުނެވެ.

ފުލުހުން ބުނީ ހަވީރު ގަޑީގައި ވެހިކަލް ނުދުއްވާ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ތަންފީޒު ކުރަން ކުރި މަސައްކަތުގައި 461 ވެހިކަލް ޗެކްކޮށް، ގަވައިދާ ހިލާފުވެގެން 364 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 97 މީހަކާ މެދު ފިޔަވަޅު އަޅާފައިިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން މަޖީދީ މަގުގައި މިއަދު ކުރިއަށްދިޔަ ސަގާފީ ކުޅިވަރުތަކުގެ ބައެއް ބައިވެރިން ބޮޑުބެރު ޖަހަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފިތުރު އީދު ދުވަހާ ގުޅިގެން މަޖީދީ މަގުގައި މިއަދު ކުރިއަށްދިޔަ ސަގާފީ ކުޅިވަރުތަކުގެ ބައެއް ބައިވެރިން ބޮޑުބެރު ޖަހަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެގޮތުން ޓްރެފިކް އޮޕަރޭޝަންތަކުގައި 32 މީހަކަށް ނަސޭހަތް ދީ، 49 މީހަކަށް ފިޔަވަޅު އެޅި އެވެ. އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ހަތް މީހަކަށް ފިޔަވަޅު އަޅާފައިވެ އެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނުން 332 މީހަކަށް ނަސޭހަތް ދީ 34 މީހަކަށް ފިޔަވަޅު އަޅާފައިވެ އެވެ.

މީގެއިތުރުން އެންވަޔަރުމެންޓް ޕޮލިސް އިން ހަތް މީހަކަށް ފިޔަވަޅު އެޅި ކަމަށް ފުލުހުން ބުންޏެވެ.

އީދު ދުވަހުގެ ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާގަޑީގައި އެކަން ކުރާ މީހުން 750ރ. އިން ޖޫރިމަނާ ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން އޮތީ ނިންމައިފަ އެވެ.

އީދު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނަށް ފަސޭހަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު، ތަފާތު މުނާސަބާތަކާ ގުޅިގެން ވެހިކަލް ނުދުއްވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި ވެ އެވެ. އެއީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.