Roadha Mihaaru
އިންސާނީ ހައްގުތަކުގެ ހާލަތު އދ.އިން އޮޅުންފިލުވައިފި

އިންސާނީ ހައްގުތަކުގެ ހާލަތު އދ.ގެ ޓީމުން އޮޅުންފިލުވައިފި

27 މާޗް 2018

ރާއްޖޭގެ ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް، މިހާރު ރާއްޖެ އައިސް އުޅޭ އދ.ގެ ޓީމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ އިއްޔެ ބައްދަލުކޮށް، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮޅުންފިލުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް، މިހާރު ރާއްޖެ އައިސް އުޅޭ އދ.ގެ ޓީމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ އިއްޔެ ބައްދަލުކޮށް، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮޅުންފިލުވައިފި އެވެ.

މި ބައްދަލުވުމުގައި އެޗްއާރުސީއެމުން ބައިވެރިވެވަޑައިގަތީ އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ޒާހިދެވެ. އދ.ގެ ޓީމުގައި ހިމެނެނީ އދ.ގެ ޕޮލިޓިކަލް އެފެއާޒް އިން ރާއްޖެ ފޮނުވި ދެ ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޮޑާ އެވެ.

އދ.ގެ ޓީމުން އެޗްއާރުސީއެމާ ބައްދަލުކޮށްފައި މިވަނީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި ޖަލުތަކުގައި ހިންގާ އަމަލުތަކާ ގުޅިގެން ވެސް އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ މެދު ވެސް އަޅާނުލާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

އެޗްއާރުސީއެމްގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް އދ.ގެ ޓީމުން ވަނީ ބައްދަލުކޮށްފަ އެވެ.

އދ. އިން ބާރު އަޅަނީ ސަރުކާރާއި ސިޔާސީ ޕާޓީތައް ވާހަކަ ދައްކައިގެން ހައްލެއް ހޯދާށެވެ. އެކަމަކު، ދެ ފަރާތުން ކުރިމަތި ކުރާ ޝަރުތުތަކާ ހެދި މިހާތަނަށް އެކަން ކާމިޔާބެއް ނުވެ އެވެ.