Roadha Mihaaru
ޔޫއެންއެޗްއާރްސީ އަށް ވާދަ ނުކުރަން ރާއްޖޭން ނިންމައިފި

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ރާއްޖެއިން ވާދަ ނުކުރަން ނިންމައިފި

05 ޖުލައި 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ފަހު ރާއްޖެއިން ނަން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ފަހު ރާއްޖެއިން ނަން އަނބުރާ ގެންގޮސްފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ހޮވާ މެމްބަރު ކަމަށް ރާއްޖެއިން ކުރިމަތިލުމަށް ފަހު ނަން އަނބުރާ ގެންދިޔައީ އޭގެ ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ކަމަށް ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ. ރާއްޖެއިން ދެން ވާދަކުރާނީ އެ ކައުންސިލްގެ ކޮން ދައުރަކަށް ކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އދ. ގެ ދެ ވަނަ އަށް އެންމެ ބާރުގަދަ ގުނަވަނުގެ ގޮތުގައި ބެލެވޭ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ދެ ދައުރަކު ރާއްޖެއިން ވަނީ ކޮށްފަ އެވެ.

ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރުކަން ހޯދުމަށެވެ. އަންނަ އަހަރު ބާއްވާ އެ ކައުންސިލްގެ އިންތިޚާބުގައި ރާއްޖެއާ އެކު ވާދަކުރަނީ އިންޑޮނީޝިއާ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ކުރިމަތިނުލާން ރާއްޖެއިން ނިންމިއިރު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައެއް ގައުމުތަކުން ވަނީ އެ ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އެ ކަންބޮޑުވުންތަކަށް ރާއްޖެއިން ވަނީ ރައްދު ދީފަ އެވެ.