Roadha Mihaaru

ޓްރަމްޕުގެ އަނބިކަނބަލުން ދެއްވީ މިޝޭލް އޮބާމާގެ ކޮޕީ ތަގުރީރެއް

ކްލެވެލޭންޑް (ޖުލައި 19) - ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަނުގައި ޑޮނާލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ދެއްވީ ރައީސް އޮބާމާގެ އަނބިކަނބަލުން 2008 ވަނަ އަހަރު ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ދެއްވި ތަގުރީރުގެ ކޮޕީއެއް ކަމަށް ތުހުމަތުކޮށްފި އެވެ.

ޓްރަމްޕުގެ އަންހެނުން ދެއްވީ މިޝޭލްގެ ކޮޕީ ތަގުރީރެއް
ހަސަން އާމިރު
ހަސަން އާމިރު

19 ޖުލައި 2016

ކްލެވެލޭންޑް (ޖުލައި 19) - ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަނުގައި ޑޮނާލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ދެއްވީ ރައީސް އޮބާމާގެ އަނބިކަނބަލުން 2008 ވަނަ އަހަރު ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ދެއްވި ތަގުރީރުގެ ކޮޕީއެއް ކަމަށް ތުހުމަތުކޮށްފި އެވެ.

ކޮމެންޓޭޓަރުން ވަނީ މިޝޭލްގެ ތަގްރީރާއި މެލަނިއާގެ ތަގްރީރުގައި އެއް ވާހަކަތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. މެލަނިއާގެ ތަގްރީރުގައި ފިރިކަލުންނަށް ތައުރީފް ކުރެއްވި އިރު "އެއީ ގައުމުގެ ހައްގު މަސައްކަތް ކުރާނެ ލީޑަރެއް" ކަމަށް ވިދާޅުވި އެވެ. މިޝޭލްގެ ތަގުރީރުގައި ވެސް ވަނީ ހަމަ ޖުމްލަތައް ބޭނުންކޮށްފަ އެވެ.

މިއީ ޓްރަމްޕުގެ ކެމްޕޭނުގައި މެލަނިއާ ދެއްވި ފުރަތަމަ ތަގްރީރެވެ. އަދި އޭނާގެ މި ތަގްރީރަށް ވަނީ ތަގްރީރު ލިޔާ މީހުންގެ އެހީތެރިކަން ހޯއްދަވައިފަ އެވެ.

ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ދެއްވި ތަގްރީރަށް ފަހު އޯޑިއެންސަށް އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ދެއްވި ތަގްރީރަށް ފަހު އޯޑިއެންސަށް އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެލަނިއާގެ ތަގްރީރު ކުރިއަށް ގެންދަވަމުން ވަނީ "ހަޔާތުގެ އަގު އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ ކަމަށާއި އޭނާގެ ދަރިންނަށް ފޯރުކޮށްދޭނެ ފިލާވަޅަކީ އެއީ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފިލާވަޅު ކުރިއަށް އޮތް ޖީލުތަކަށް ޕާސްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ގައުމުގެ ދަރިންގެ ކާމިޔާބީއަކީ ދިރިއުޅުމުގައި އެ ކުދިން ދެކެމުންދާ ހުވަފެންތަކުގެ ވަރުގަދަކަން، ކަން އެ ކުދިންނަށް ވިސްނައިދޭން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ." މިޝޭލް ވެސް ވަނީ ހަމަ މި އިބާރާތްތައް ބޭނުން ކުރައްވައިފަ އެވެ.

ޓްރަމްޕުގެ ކޮމިއުނިކޭޝަން އެޑްވައިޒަރު ޖޭސަން މިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެލަނިއާގެ ތަގްރީރު ތައްޔާރު ކުރި ޓީމުން އެ ތަގްރީރު ތައްޔާރުކޮށްފައި ވަނީ މެލަނިއާގެ ހަޔާތުގެ އުއްމީދުތަކާއި އެކަމަނާގެ ވިސްނުމުގެ މައްޗަށް ބަލައިގެން ކަމަށެވެ.

ސްލޮވީނިއާ އަށް އުފަން 46 އަހަރުގެ ކުރީގެ މޮޑެލް ވަނީ ޓްރަމްޕަކީ ރަނގަޅު ބައްޕައެއް ކަމަށާއި ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާ އަދި ކުޅަދާނަވެރިއަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.