01 ޑިސެމްބަރ 2016
ނިއު ޔޯކް (ޑިސެމްބަރު 1) - ގައުމުގެ ވެރިކަން އެންމެ ރަނގަޅު ގޮތުގައި ކޮށްދިނުމަށާއި މަސްލަހަތު ފުށުއެރުމުން ސަލާމަތްވުމަށްޓަކައި ހުރިހާ ވިޔަފާރިއަކުން ދުރުވާން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް (ޑިސެމްބަރު 1) - ގައުމުގެ ވެރިކަން އެންމެ ރަނގަޅު ގޮތުގައި ކޮށްދިނުމަށާއި މަސްލަހަތު ފުށުއެރުމުން ސަލާމަތްވުމަށްޓަކައި ހުރިހާ ވިޔަފާރިއަކުން ދުރުވާން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވިޔަފާރިން ދުރަށް ޖެހުމަށް ރާއްވަވާފައިވާ ޕްލޭނާ ބެހޭ ގޮތުން ޓްރަމްޕް ހާމަކުރެއްވީ ވަރަށް މަދު މައުލޫމާތެކެވެ. އޭނާ ވިދާޅުވެފައި ވަނީ މި މަހު 15 ވަނަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕުގެ ދަރިން ވެސް ބައިވެރިވާނެ އެވެ.
ޓްރަމްޕުގެ އަނިބިކަނބަލުން މެލަނިއާ (ވ) އާ އެކު އޭނާގެ ދަރިން، އީވާންކާ، އެރިކް އަދި ޑޮނަލްޑް ޖޫނިއާ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕް ކުރިން ވަނީ ވިޔަފާރި ހިންގި ނަމަވެސް ރައީސްކަން ކުރުމަށް ހުރަހެއް ކުރިމަތި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނިއު ޔޯކް ޓައިމްސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އަދާ ކުރައްވަން ޖެހޭ ދެ ޒިންމާ ވަކި ކުރައްވާނެ ކަމަށާއި އެ ދެ ކަންތައް ވެސް ރަނގަޅަށް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެކަން މަނާ ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވަނީ މަސްލަހަތު ފުށުއަރާތީ ވިޔަފާރި އެއްކޮށް ދޫކޮށްލައިފަ އެވެ.
ޓްރަމްޕް ތަންކޮޅެއް ކުރިން ވަނީ އޭނާގެ ވިޔަފާރި ދޮށީ ތިން ކުދިން ކަމަށްވާ އިވާންކާ، އެރިކް އަދި ޑޮނަލްޑް ޖޫނިއާއާ ހަވާލު ކުރަން ވިސްނާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިޔާސީ ވާދަވެރިން ބުނަނީ ޓްރަމްޕުގެ ކުދިން އޭނާގެ ވިޔަފާރި ހިންގި ނަމަވެސް މަސްލަހަތު ފުށުއަރާނެ ކަމަށެވެ. އެހެންވެ އޭނާގެ ވިޔަފާރި ޖެހޭނީ ޓްރަސްޓަކަށް ހަވާލު ކުރަން ކަމަށެވެ.
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
އެތައް މިލިއަން ބަޔަކު ވަނީ ގަވާއިދާޚިލާފަށް ވޯޓުލާފައި
ބޭރުގެ ސަރުކާރުތަކުން ފައިސާ ނަގާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކުރަނީ
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި