Roadha Mihaaru
"ސްޓެލްކޯއަށް ގެނެސްދިނީ ހަ ޓަނުގެ ފޯކްލިފްޓެއް"

ފޯކްލިފްޓް މައްސަލާގައި ސްޓެލްކޯއިން ހަދަނީ ދޮގު: ސެންޓާ އެންޓަޕްރައިސަސް

29 މާޗް 2018

ސްޓެލްކޯ އަށް ހަ ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކުރުމަށް ސެންޓަ އެންޓަޕްރައިސަސް އާ ހަވާލުކުރުމުން ގެނައީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ސެންޓާ އެންޓަޕްރައިސަސް އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްޓެލްކޯ އަށް ހަ ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކުރުމަށް ސެންޓަ އެންޓަޕްރައިސަސް އާ ހަވާލުކުރުމުން ގެނައީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ސެންޓާ އެންޓަޕްރައިސަސް އިން މިއަދު ބުނެފި އެވެ.

ފޯކްލިފްޓުގެ މައްސަލަ ސްޓެލްކޯ އިން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުމުން، ސްޓެލްކޯއާ އެއްކޮޅަށް ހުކުމްކޮށް، ފޯކްލިފްޓް ގެންދަން ސެންޓަ އެންޓަޕްރައިސަސް އަށް އަމުރުކުރި އެވެ. އެކަމަކު ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި ނަމަވެސް އެ މައްސަލަ އަދިވެސް ނުނިންމާ އޮތުމުން ސްޓެލްކޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މައްސަލަ ނުނިމި ގިނަ ދުވަސް ވާތީ ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ބުނެ ސްޓެލްކޯ އިން ވާހަކަ ދެއްކުމުން އެކަމަށް ރައްދު ދީ ސެންޓާ އެންޓަޕްރައިސަސްއިން ނެރުނު ބަޔާނުގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކާއި ހައިކޯޓުން ކުރި ހުކުމުން ވެސް އެއީ ހަ ޓަނުގެ ފޯކްލިފްޓެއްކަން ޔަގީންވާ ކަމަށެވެ. އަދި އެގޮތަށް ހައި ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެއީ 4.6 ޓަނުގެ ފޯކްލިފްޓެކޭ ނުބުނެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފޯކްލިފްޓް ހަވާލުކުރިކަމުގެ ކޯޓޭޝަންގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށްފައިވުމަކީ ސްޓެލްކޯއިން އެ ވެހިކަލް ބަލައިގެން ކަމުގެ ހެއްކެއް ކަމަށް ވެސް ބުންޏެވެ.

Forklift ge massala SC in nunimi lasvaathee STELCO in kanboduvun faalhukoffi

Forklift ge massala SC in nunimi lasvaathee STELCO in kanboduvun faalhukoffi

The most trusted news source in the Maldives

Mihaaru

ފޯކްލިފްޓުގެ މައްސަލަ ނުނިމޭތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކުރުން--

ސެންޓާ އެންޓަޕްރައިސަސް އިން ބުނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަށް ތިން އަހަރު ވީއިރު ވެސް ނުނިމޭ ކަމަށް ބުނެ ސްޓެލްކޯއިން ވާހަކަ ދެއްކުމަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުން ކަމަށެވެ.

ފޯކްލިފްޓްގެ މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކޮށްފައިިވެ އެވެ. އެކަމަކު ސްޓެލްކޯ އިން ބުނީ އެއީ ދޭން އެއްބަސްވެފައިވާ ފައިސާއެއް ނޫން ކަމަށެވެ.