ހައިވެގެން ޕިއްޒާއަކަށް އޯޑަރުކޮށްގެން، އެ ލިބުން ލަސްވެގެން ބައެއް ފަހަރު ރުޅިގަދަވެގެން އުޅޭ މީހުން އަހަރެމެން ވެސް ދެކެމެވެ. އެކަމަކު މި ފަހަރު މިއީ ކާ އެއްޗަކާ ހެދި ރުޅި އައި ބައެއްގެ ވާހަކައެއް ނޫނެވެ.
01 އެޕްރީލް 2018
ހައިވެގެން ޕިއްޒާއަކަށް އޯޑަރުކޮށްގެން، އެ ލިބުން ލަސްވެގެން ބައެއް ފަހަރު ރުޅިގަދަވެގެން އުޅޭ މީހުން އަހަރެމެން ވެސް ދެކެމެވެ. އެކަމަކު މި ފަހަރު މިއީ ކާ އެއްޗަކާ ހެދި ރުޅި އައި ބައެއްގެ ވާހަކައެއް ނޫނެވެ.
އޮންލައިން ފިހާރަ ފްލިޕްކާޓަށް އިންޑިއާގެ ނިއު ދިއްލީގެ އަންހެނަކު އޯޑަރު ކުރި މޮބައިލް ފޯނެއް ލިބުން ލަސްވެގެން ރުޅިގަދަވެގެން، ޑެލިވަރީ ބޯއި އަށް ހަމަލާދީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ އޭނާ މަރާލަން މަސައްކަތްކޮށްފަ އެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަމަލް ދީޕް، 30، އާއި އޭނާގެ ބޭބެ ޖީތެންތުރަ ސިންގް، 32، ވަނީ ފްލިޕްކާޓްގެ ޑެލިވަރީ ބޯއި ކޭޝަވް، 28، އަށް ވަޅިއަކުން ހަމަލާދީ، ބޫޓް ނާޑުވާއެއް އޭނާގެ ކަރަށް މަހައި، ނޭވާ ހާސްކޮށްލައިގެން މަރާލަން މަސައްކަތްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން ވަނީ ކޭޝަވްގެ ހަށިގަނޑުގެ 20 ތަނަކަށް ވަޅި ހަރައިފަ އެވެ. އަދި އޭނާގެ އަތުން 40،000 ރުޕީސް ވެސް ފޭރިގެންފައިވެ އެވެ. ކޭޝަވް އަށް ހަމަލާ ދިނުމަށް ފަހު، މަގު މައްޗަށް އެއްލާލައިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނަށް ފެނިގެންނެވެ.
މި ހާދިސާއާ ގުޅިގެން ކަމަލް އާއި ޖީތެންތުރަ މިހާރު ހައްޔަަރުކޮށްފައިވާ އިރު، ފުލުހުން ވަނީ ކޭޝަވްގެ ބަޔާން ވެސް ނަގައިފަ އެވެ. ދެ މީހުންގެ މައްޗަށް މިހާރު ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުމާއި ފޭރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.
ފުލުހުންނާ ހަވާލާދީ ހިންދޫން ބުނީ ކަމަލް އޯޑަރު ކުރި 11،000 ރުޕީސްގެ ފޯން ލިބުން ލަސްވެގެން ކޭޝަވްގެ ފޯނަށް ގުޅައި އިންޒާރު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް ކޭޝަވްއާ ހަވާލާދީ ފުލުހުން ބުނީ ފޯން ޑެލިވަރީ ނުކުރެވި، ލަސްވީ ކަމަލްގެ ގެ ހުރި ސަރަހައްދު ކޭޝަވް އަށް ނޭނގިގެން ކަމަށެވެ.
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި
މަރާލި މީހެއްގެ ހަށިގަނޑުގެ ބައިތައް އެކި ތަންތަނުގައި
މަރާލި ކަމަށް ބުނި ދަރިފުޅު އައިސް ހަގީގަތް ކިޔައިދީފި
ދިއްލީގައި ކާރު ގޮއްވާލީ އަމިއްލައަށް މަރުވެގެން!
ދިއްލީގައި ދިނީ ޓެރަރިސްޓް ހަމަލާއެއް: އިންޑިއާ
ދިއްލީގެ ބާރުގަދަ ގޮވުމުގެ ހަގީގަތެއް އަދި ނޭނގެ
ދިއްލީގެ ރެޑް ފޯޓްގައި ކާރެއް ގޮވައި ބަޔަކު މަރުވެއްޖެ
ދިއްލީގެ ނަން އިންދްރަޕްރަސްތާ އަށް ބަދަލުކުރަން އެދެފި
ދިއްލީގެ މަގުތަކުން ކުއްތާ ހިފަން ކޯޓު އަމުރެއް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް