Roadha Mihaaru
ކަންގަނާ، މިޝެލް އޮބާމާ އާއި އޮޕްރާ ވިންފްރީއާ އެކު

ކަންގަނާ، މިޝެލް އޮބާމާ އާއި އޮޕްރާ ވިންފްރީއާ އެކު

01 އެޕްރީލް 2018

ބަތަލާ ކަންގަނާ ރަނާވަތަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒު ވިޔަސް، މަސައްކަތުގެ މައިދާނުގައި އޭނާ ފަހަތަށް ޖައްސައިލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަންގަނާ ރަނާވަތަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒު ވިޔަސް، މަސައްކަތުގެ މައިދާނުގައި އޭނާ ފަހަތަށް ޖައްސައިލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ މި ފަހަރު މި ނުކުންނަކީ ދުނިޔޭގެ މަޝްހޫރު އަންހެން ޝަހުސިއްޔަތުން ކަމަށްވާ އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އާއި އޯޕްރާ ވިންފްރީއާ އެކުގަ އެވެ. އަންނަ އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައި ބާއްވާ "ގާންދީ ގޯޒް ގްލޯބަލް" ސަމިޓްގައި އިންޑިއާ ތަމްސީލުކުރާނީ ކަންގަނާ އެވެ.

މި ފުރުސަތާ އެކު މިޝެލް އާއި އޯޕްރާއެކު އެއް ސްޓޭޖެއް ހިއްސާކުރުމުގެ ފުރުސަތު 31 އަހަރުގެ ބަތަލާ އަށް ލިބިގެން ދާނެ އެވެ.

މިކަމާ ބެހޭ ގޮތުން ކަންގަނާ ބުނީ މިއީ "ވަރަށް އިންސްޕަޔަރިން ފުރުސަތެއް" ކަމަށެވެ.

ކަންގަނާ: ވަރަށް ކާމިޔާބު ބަތަލާއެއް.

ކަންގަނާ: ވަރަށް ކާމިޔާބު ބަތަލާއެއް.

"ހެޔޮ ބަދަލުތަކަށް ކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރިވާން ލިބޭ ކޮންމެ ފުރުސަތަކީ އަހަރެން އަބަދު ވެސް ބޭނުންވާ ކަމެއް،" ދާދި ފަހުން ތާރީހީ ފިލްމް "މަނިކަރްނިކާ" ގެ ޝޫޓިން ނިންމައިލި ބަތަލާ ބުންޏެވެ. "އެހެންވެ ސަމިޓަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވާނަން. އަދި މިޝެލް އާއި އޮޕްރާއާ އެކު އެކު ސަމިޓްގައި އިންޑިއާ ތަމްސީލު ކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް."

"ގާންދީ ގޯޒް ގްލޯބަލް" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދައި ދިން މަހާތުމާ ގާންދީގެ ސިޔާސަތުތަކާއި އޭނާގެ ގެންގުޅުނު އުސޫލްތައް ދިރުވުމާ ގުޅޭ ގޮތުން ބާއްވާާ ސަމިޓެކެވެ. އެގޮތުން ސަމިޓްގެ ތެރޭގައި ތައުލީމާއި ސަގާފަތާއި އަދި އެ ނޫން ވެސް ދާއިރާތަކުން ގިނަ ޕްރޮގްރާމްތައް ހިންގާނެ އެވެ.