Roadha Mihaaru
ދަރިއެއްގެ ވާހަކަ ޕްރިޔަންކާ ގާތު އޯޕްރާ ވެސް އަހައިފި

ޕްރިޔަންކާ ގާތު އޯޕްރާ ވެސް އެހީ ދަރިއަކު ހޯދަނީ ކޮން އިރަކުންހޭ

15 މާޗް 2021

ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކައިވެނިކުރި ފަހުން އޭނާއާ އެންމެ އާންމުކޮށް ކުރެވޭ ސުވާލަކީ ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ އެވެ؟ އެ ސުވާލު ގިނަކަމުން ބައެއް ފަހަރު ޕްރިޔަންކާގެ އިންޓަވިއުތަކުގައި އެކަމަށް "ޕްރެޝަރުނުކުރާށޭ" ވެސް ބުނެފައި އެބަ ހުއްޓެވެ. ވަރަށް ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށާއި އަދި ކްރިކެޓް ޓީމެއް ހަމަވާ ވަރަށް ދަރިން ހޯދަން ބޭނުންވާ ވާހަކަ ވެސް މަޖަލަކަށް ހަދާފައި ބައެއް އިންޓަވިއުތަކުގައި ބުނެފައި އެބަހުއްޓެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީގެ އާ ޝޯއެއް ޑިސްކަވަރީ ޕްލަސް އިން މިހާރު ގެނެސްދޭން ފަށާފައިވާ އިރު އޭގެ އެޕިސޯޑަކުން 39 އަހަރުގެ ޕްރިޔަންކާ ވެސް ފެންނާނެ އެވެ. "ސުޕަ ސޯލް" ގެ ނަމުގައި ގެނެސްދޭ ޝޯގެ ޕްރޮމޯއެއް އާންމުކޮށްފައިވާ އިރު އޭގެ ހައިލައިޓަކީ ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ އޯޕްރާ އަހާ ތަނެވެ.

އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ޕްރިޔަންކާ ފެންނަނީ ހާސްވެގެން އިންނަ ކަހަލަ ގޮތަކަށެވެ. އެކަމަކު ޔަގީނުން ވެސް އިންޓަވިއުގައި ޕްރިޔަންކާގެ ޒާތީ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް އޯޕްރާ ކޮންނާނެ އެވެ. އަދި އާއިލާ ޕްލޭންކުރަން އޮތް ގޮތާ ބެހޭ ގޮތުން ޕްރިޔަންކާ ލައްވައި އެތައް ވާހަކައެއް ދައްކުވާނެ އެވެ.

ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް ކައިވެނިކުރީ 2018 ގަ އެވެ. އޭގެ ފަހުން ދެމަފިރިން ދަރިން ހޯދުމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކާފައިވެ އެވެ. ނިކް ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ގިނަ ދަރިން ހޯދައިގެން އެ ދަރިން ބޮޑުވާންތަން ދެކޭށެވެ.

ނިކްގެ ބޭބެ ޖޯ ޖޯނަސް އާއި ބަތަލާ ސޯފީ ޓާނާ ކައިވެނިކުރީ 2019 ގަ އެވެ. އެ ދެ މީހުންގެ މިހާރު ދަރިއަކު އޮތް އިރު، ދެވަނަ ދަރިއަކަށް ޕްލޭންކުރަމުން އަންނަ ވާހަކަ ވެސް މީޑިއާތަކަށް ތިލަވެފައިވެ އެވެ. އެހެންވެ ގިނަ ބަޔަކު އިންތިޒާރުކުރަނީ ޕްރިޔަންކާ އާއި ނިކް ވެސް ދަރިއަކު ހޯދާނެ އިރަކަށެވެ.