01 ނޮވެމްބަރ 2018
ހާއްސަ އިިނާމުތަކާ އެކު ބީއެޗްއެމް ޓްރޭޑާސް އިން "ސްކްރެޗް އެންޑް ވިން" ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހާއްސަ އިިނާމުތަކާ އެކު ބީއެޗްއެމް ޓްރޭޑާސް އިން "ސްކްރެޗް އެންޑް ވިން" ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ ޔޭޔޭ އިންސްޓަންޓް ކޮފީ، ޑައެޓް ކޮފީ އަދި ސިރިއަލް ބޮޑު ޕެކްތަކުގައިވާ ކޫޕަން ބޭނުން ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރި ވުމުމުގެ ފުރުސަތު އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ލަކީ ޑްރޯގައި ބައިވެރިވުމަށް ޔޭޔޭ ބްރޭންޑްގެ ބޮޑު ޕެކްތަކުން ލިބޭ ކޫޕަން ކަހާލުމަށް ފަހު ލަކީ ޑްރޯ ނަމްބަރު ވެބްސައިޓް މެދުވެރިކޮށް ފޮނުވޭނެއެވެ. އޭގެ އިތުރުން ވައިބަ، މެސެންޖަ އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް ލަކީ ޑްރޯ ނަމްބަރު ފޮނުވޭ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.
ބީއެޗްއެމް އިން ކޮންމެ އަހަރަކު ވެސް ބޮޑެތި އިނާމްތަކާ އެކު ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން މިއަހަރު އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ހަމަޖެހިފައި ވަނީ ސައިރިކްސް ކޮލެޖުން 10 ސްކޮލާޝިޕެވެ. އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަން ނިމުމާއެކު ޕްރޮމޯޝަންގައި ބައިވެރިވާ އެންމެންގެ މެދުގައި ގުރުއަތުލައި، އޭގެ ތެރެއިން ހޮވޭ 10 މީހަކަށް ސްކޮލާޝިޕާ އެކު 1،500 ޑޮލަރު ހަވާލު ކުރާނެއެވެ.
ބީއެޗްއެމް އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ހަފުތާއަކު އެއްފަހަރު ހޮވާ ނަސީބު ވެރިޔަކަށް އިނާމެއްގެ ގޮތުން ވާވޭ ފޯނެއް ދޭނެ އެވެ. އަދި ދުވާލަކު އެއްފަހަރު ހޮވާ ނަސީބު ވެރިޔަކަށް ޔޭޔޭ ކޮފީގެ އިނާމު ވެސް ދޭނެ އެވެ.
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
ފޯސްޓާކްލާކްސްގެ އެކްސްކްލޫސިވް ޕާޓްނަރަކަށް ބީއެޗްއެމް
ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ޔޭޔޭ ކޮފީގެ ތިންވަނަ މަހުގެ ނަސީބުވެރިން ހޮވައިފި
ޔޭޔޭ ކޮފީގެ ދެވަނަ ބުރުގެ ނަސީބުވެރިން ހޮވައިފި
ޔޭޔޭ ކޮފީގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި
ޔޭޔޭ ކޮފީގެ އަގު ބޮޑު ޕްރޮމޯޝަނެއް ފަށައިފި
އެމްސީއެފް ބީއެޗްއެމްގެ ސްޓޯލުން ބޮޑު ޑިސްކައުންޓެއް
އެކްސްއެލް ޕްރޮމޯޝަންގެ ދުބާއީ ދަތުރު ހަވާލުކޮށްފި
އެކްސްއެލް ޕްރޮމޯޝަންގެ ދެވަނަ ސައިކަލު ހަވާލުކޮށްފި