Roadha Mihaaru
ރާއްޖެ-ޕާކިސްތާނުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރަނީ

ރާއްޖެ އާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

01 އެޕްރީލް 2018

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން މިއަދު މަޝްވަރާ ކޮށްފި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން މިއަދު މަޝްވަރާ ކޮށްފި އެވެ.

ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ބޭއްވީ، ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދް ބަޖްވާއާ އެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އާއި ޕާކިސްތާނުގެ އަސްކަރިއްޔާ އާ ދެމެދު އެކި ދާއިރާތަކުން އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ޓެރަރިޒަމާ ކޮޅަށް ދެ ގައުމުން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެންއެންޑީއެފުން ބުނިގޮތުގައި. ޕާކިސްތާނުގެ އަސްކަރިއްޔާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޚާއްސަ ޑޮކްޓަރުން، ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް "ސެނަހިޔާ" ގައި މަސައްކަތް ކުރުމަށް ފޮނުވުމާއި ދެ ގައުމު ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުން ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ދިވެހި އަސްކަރއްޔާގެ އިސް ބައެއް ބޭފުޅުންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.