Roadha Mihaaru
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ

ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުން ހުއްޓާލައިފި

19 ފެބުރުއަރީ 2023

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދެމުން އައި ސްޓެޕް އެލަވަންސް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދެމުން އައި ސްޓެޕް އެލަވަންސް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން މުވައްޒަފުންނަށް ކޮންމެ ދެ އަހަރުން އެއް އަހަރު މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް ހަމަޖެއްސީ 2014 ވަނަ އަހަރު އެވެ. އެކަމަކު 2017 ވަނަ އަހަރުގެ ފަހުން ބަޖެޓް ނުލިބޭތީ މުސާރައިގެ ކުރިއެރުމެއް ނުދެ އެވެ.

މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހު މިދިޔަ ހަފުތާގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ސާކިއުލާއަކުން ވަނީ ބާތިލްކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން ޑީޖޭއޭގެ ބަހެއް ނުލިބުނެވެ.

މިގޮތަށް ޑީޖޭއޭއިން ނިންމިއިރު ވޭތުވެދިޔަ ފަސް އަހަރު މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ނުދީ ހުރި ފައިސާ ހޯދަން މުވައްޒަފުންތަކެއްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ވެސް މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެކަމަށް ބަޖެޓް ލިބިފައި ނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދެމުން އައީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންގެ މުސާރައަށް ދެ އަހަރުން އެއް އަހަރު 200ރ. ގެ ކުރިއެރުމެވެ. އަދި ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ.

އެހެންވެ، މުސާރައިގެ ކުރިއެރުން ނުދޭތީ އެލަވަންސާއި އިތުރު ގަޑީގެ ފައިސާއަށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.