Roadha Mihaaru
"އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ އުސޫލެއްގެ ތެރެއިން"

އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ އުސޫލެއްގެ ތެރެއިން ފެންވަރު ބެލުމަށް ފަހު: ޑީޖޭއޭ

04 އޯގަސްޓް 2020

ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިދިޔަ އަހަރު އެކުލަވައިލި އުސޫލެއްގެ ދަށުން މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިދިޔަ އަހަރު އެކުލަވައިލި އުސޫލެއްގެ ދަށުން މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ނިންމުމުން އެކަމުގެ ކަންބޮޑުވުން އެ މީހުން ވަނީ ފާޅުކޮށްފަ އެވެ. މިހާތަނަށް 10 އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ޑީޖޭއޭ އިން އޮތީ ނިންމައިފި އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލެއް ޑީޖޭއޭ އިން މިދިޔަ އަހަރު އެކުލަވައިލި ކަމަށެވެ. އެ އުސޫލު އާންމު ކުރިއިރު، ބައެއް ކޯޓުތަކުގައި އެޑްމިނިސްޓްރޭޓަރުން ތިބި ކަމަށެވެ. އެހެންވެ، ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އެ މީހުންނާ ހަވާލުކުރި ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ މީހުންގެ މަސައްކަތް ހުރި ގޮތް ބެލުމަށް ފަހު، ވަކި ވަރަކަށް ވުރެ ދަށުން މާކްސް ލިބޭ މީހުން ވަކި ކުރެވޭނެ ކަމަށް، މިދިޔަ ޖޫން މަހު އަމަލުކުރި އުސޫލެއްގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޑީޖޭއޭ އިން ބުނިގޮތުގައި، މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު 70 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބުނު 10 އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ވަނީ ނިންމައިފަ އެވެ. ޝަރުއީ ދާއިރާގެ އެހެން ވަޒީފާއެއް އެ މީހުންނަށް ހަމަޖެހޭތޯ ބެލުމަށް ފަހު، އިތުރު ވަޒީފާއެއް ނެތް ނަމަ، އެ މީހުން ވަކި ކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް މުވައްޒަފުންނެވެ.