Roadha Mihaaru
އަމިއްލައަށް މުދާ ކްލިއާ ކުރުމުގެ ފުރުސަތު އެބައޮތް

އަމިއްލައަށް މުދާ ކްލިއާ ކުރުމުގެ ފުރުސަތު އެބައޮތް: އެމްޕީއެލް

03 އެޕްރީލް 2018

މާލޭ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިން އަމިއްލަ އަށް މުދާ ކްލިއާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޕީއެލްއިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިން އަމިއްލަ އަށް މުދާ ކްލިއާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޕީއެލްއިން މިއަދު ބުނެފި އެވެ.

މީގެ ކުރިން ވެސް ވިޔަފާރިވެރިންނަށް އެ ފުރުސަތު އޮތް ނަމަވެސް އާންމު ގޮތެއްގައި މުދާ ކްލިއާ ކުރަމުން އަންނަނީ މަޖޫރީން ލައްވަ އެވެ. ނަމަވެސް ދުވާލު ވަގުތު މުދާ އުފުލުން މަނާކުރި ގަވައިދަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާ އެކު މަޖޫރީން ވަނީ ހަލުތާލު ކުރަން ފަށައިފަ އެވެ. އެގޮތުން ފުރަތަމަ މަސައްކަތް ހުއްޓާލި އެވެ. އެއަށް ފަހު އިއްޔެ މަސައްކަތް ފެށީ ކުރިން މަސައްކަތް ކޮށްދޭ އަގު ބޮޑު ކުރުމަށް ފަހު އެވެ.

Majooreen dheguna agu bodukoh masaikah fashaifi

Majooreen dheguna agu bodukoh masaikah fashaifi

The most trusted news source in the Maldives

Mihaaru

މަޖޫރީން މުދާ ކްލިއާ ކުރާ އަގު ބޮޑުކުރުން--

އެމްޕީއެލްއިން ބުނީ މުދަލުގެ އަގުބޮޑު ވެދާނެތީ ވިޔަފާރިތަކުން އަމިއްލަ އަށް މުދާ ކްލިއާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޖޫރީން ކުރިން 20 ފޫޓު ކޮންޓެއިނަރެއް ކަނޑައިދެނީ 2،500ރ. އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ވަނީ އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދޭ އަގު6،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ކުރިން 5،000ރ. އަށް ކަނޑައިދޭ 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށެވެ.

ބައެއް ވިޔަފާރިވެރިން ބުނީ މަޖޫރީން ކޮންޓެއިނަރު ކަނޑައިދޭ އަގު ބޮޑުކުރުމުން ކުރިޔަށް އޮތް ތަނުގައި ތަކެތީގެ އަގުބޮޑުކުރަން މަޖުބޫރުވާނެ ކަމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަގުބޮޑުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މަޖޫރީން ބުނީ ރޭގަނޑު މުދާ އުފުލާގޮތަށް ބަދަލު ކުރުމުން މަޖޫރީން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ ދުވާލު ބޯޓްތަކަށް މުދާ ހުސްކުރުމަށްފަހު ރޭގަނޑު އެއްގަމަށް މުދާ ހުސްކުރަން ޖެހޭތީ އެވެ.