ޖޫން ޓްރާންސްފާ ބާޒާރުގައި، ރާއްޖޭގެ ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
20 ޖުލައި 2016
ޖޫން ޓްރާންސްފާ ބާޒާރުގައި، ރާއްޖޭގެ ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ކުރިން ބެލެވިފައި އޮތީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ދަގަނޑޭ މާޒިޔާ އަށް ފުރަތަމަ މެޗު ކުޅޭނެ ކަމަށެވެ. އެކަމަކު އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)، ހަމަނުޖެހުމުން އެ މެޗުގައި ނުކުޅެވުނީ އެވެ.
މާޒިޔާ އިން ބުނީ އޭނާގެ އައިޓީސީ މިހާރު ހަމަޖެހިފައި، ފީފާގައި ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ދަގަނޑޭގެ ބައްޕަ ބަލިވުމާ ގުޅިގެން، ބައްޕަ ގާތަށް އައްޑޫ އަށް ދިއުމަށް ފަހު އެނބުރި އައިސް ދަގަނޑޭ ވަނީ ރޭ މާޒިޔާގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އޭނާ މިރޭ މާޒިޔާގެ ފުރަތަމަ 11 ގައި ކުޅޭނެ އެވެ.
ދަގަނޑޭ އެންމެ ފަހުން ގަލޮޅު ދަނޑުގައި، ކްލަބެއްގެ ޖާޒީގައި ކުޅެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ކުޅުނު ޕީޕަލްސް ކަޕްގެ ފައިނަލުގައި މާޒިޔާއާ ދެކޮޅާށެވެ. އޭނާގެ ކުރީގެ ކްލަބް ޕީޑީއާރްއެމް 5-4 އިން މޮޅުވި އެ މެޗުގައި ދަގަނޑޭ ހެޓްރިކެއް ހެދި އެވެ.
މިރޭގެ މެޗު ވެގެންދާނީ ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން ދަގަނޑޭ ކްލަބެއްގައި ކުޅޭ ފުރަތަމަ މެޗަށެވެ. ސުޒޭނުގެ އިރުޝާދުގެ ދަށުން ދަގަނޑޭ ވަނީ 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ދެކުނު އޭޝިއާ އަށް ދަގަނޑޭ ތައާރަފްވި މުބާރާތް ކަމަށްވާ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކުޅުނުއިރު ސުޒޭނަކީ އެސިސްޓަންޓް ކޯޗެކެވެ.
މާޒިޔާ އަށް ސޮއިކުރުމަށް ފަހު ދަގަނޑޭ (ކ.2) އެ ޓީމުގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ ދެ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނު ދަގަނޑޭ، ދިވެހި ފުޓްބޯޅައިގެ ތެރެއަށް އެނބުރި މި އައީ އަނިޔާއާ ގުޅިގެން ޕީޑިއާރްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މޭ މަހު ތެރޭ ބާތިލްކުރުމަށް ފަހު އެވެ.
ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެލޭޝިއާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް މެލޭޝިއާގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ބީޖީ ލީގުގެ އެންމެ ފުލުގައި އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ އަށް މެޗުން ތިން ޕޮއިންޓެވެ. ބީޖީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް ނުވަ ޕޮއިންޓުގެ ލީޑެއް
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އެއް ވަނަ އަށް
ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް
ހަނި މޮޅަކާ އެކު މާޒިޔާ ލީޑު ފުޅާކޮށްފި
ދަގަނޑޭ އަނިޔާގައި، މާޒިޔާއާ ދެކޮޅަށް ނުކުޅޭނެ
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ