Roadha Mihaaru
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ

ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ

24 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ގައުމީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ހުރީ ބެންޗުގަ އެވެ. އެންޑީ އެންމެ ފަހުން މާޒިޔާ އަށް ކުޅުނީ މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގަ އެވެ. އެ މެޗުން މާޒިޔާ ވަނީ 1-1 އިން ގދ. ތިނަދޫއާ އެއްވަރުވެފަ އެވެ. އޭގެ ފަހުން އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރުގެ ކޯޗުކަމުގައި އއ. މާޅޮސް އަތުން 6-0 އިން މޮޅުވި މެޗާއި އިންމަ ހަވާލުވި ފަހުން ށ. މިލަންދޫއާ 3-3 އިން އެއްވަރުވި މެޗާއި 3-0 އިން ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުގައި މާޒިޔާ އިން ކުޅުނީ ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗާއި ބޮސްނިއާގެ ޑިފެންޑަރު ބޮޖާން މިހައިލޮވިޗް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ އެންމެ އުއްމީދީ ޑިފެންޑަރަށް ފުރުސަތު ނުލިބުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. ކުރިމަގުގައި ގައުމީ ޓީމުގެ ފަހަތް ބަލަހައްޓަން ހުރި ކުޅުންތެރިއާއާ މެދު ގިނަ ބަޔަކު ބޮޑެތި އުއްމީދުތަކެއް ކުރެ އެވެ.

"އެންޑީގެ އަނެއްހެން މާ ބޮޑު މައްސަލައެއް ނޫޅޭ. އަޅުގަނޑުމެން އެންޑީ ބޭނުންނުކުރަނީ އެންޑީ ދަށްވެގެނެއް ނޫން. ކޮންމެވެސް ސަބަބަކާ ހުރެ އެންޑީގެ ފޯމު ގެއްލިފައިހުރީ،" ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒު (އިންމަ) ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު މާޒިޔާގެ އަމްދާން (ކ) އަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންޑީ އަށް ގައުމީ ޓީމުގައި ވެސް ކޯޗުކޮށްދިން އިންމަ ބުނީ އެންޑީ އަކީ އަދިވެސް ރާއްޖޭގެ ފާހަގަކޮށްލެވޭ ޑިފެންޑަރެއް ކަމަށެވެ.

"އޭނަ (އެންޑީ) އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ސެންޓަ ޑިފެންޑަރު ރާއްޖޭގެ. އަޅުގަނޑުމެން ބޭނުންވަނީ އެންޑީ، އެންޑީގެ ގޮތުގައި މާޒިޔާ އިން ފެންނަން. ގާތް މުސްތަގުބަލެއްގައި އެންޑީ އިރާދަކުރެއްވިއްޖިއްޔާ ފެންނާނެ،" އިންމަ ބުންޏެވެ.

އުމުރުން 25 އަހަރުގެ އެންޑީ އަކީ 2011 ވަނަަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ގައުމީ ފުޓްބޯޅަ ޓީމުން ޑްރަގޯ މަމިޗްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ސްކޮޑުގައި ހިމެނި ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދި އެންޑީ އަކީ މިދިޔަ ހަތަރު ވަރަކަށް އަަހަރު މާޒިޔާ އިން ހޯދި ކާމިޔާބީގެ ހިއްސާ ބޮޑު ކުޅުންތެރިއެކެވެ.