26 ނޮވެމްބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ލީގު ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މިރޭ ވާދަކުރާއިރު، މިއީ މަގާމެއްގެ ވާދަވެރިކަމެއް ނެތް ނަމަވެސް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އާއި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަށް ވަރަށް މުހިއްމު މެޗެކެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ލީގު ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މިރޭ ވާދަކުރާއިރު، މިއީ މަގާމެއްގެ ވާދަވެރިކަމެއް ނެތް ނަމަވެސް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އާއި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަށް ވަރަށް މުހިއްމު މެޗެކެވެ.
ނިއު އިން އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 އިން ކުރި ހޯދައި ލީގު ޗެމްޕިއަންކަން ވަނީ ކަށަވަރުކޮށްފަ އެވެ. ނިއު ޗެމްޕިއަންކަން ހޯދީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 12 މެޗުން 29 ޕޮއިންޓެވެ. ނިއު އަށް ލީގު ކަަށަވަރުވީ ބާކީ އެއް މެޗު އޮއްވާ ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޓީސީ އަށް ނިއުއާ އަރާހަމަ ނުކުރެވޭނެތީ އެވެ. މާޒިޔާ ތިން ވަނައިގައި އޮތީ 13 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.
ނިއު ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ. މިއީ ނިއުގެ ކޯޗު އޮސްކާގެ ކޯޗިން ކެރިއަރުގައި ވެސް ރެކޯޑެކެވެ. އެހެން ނަމަވެސް އޭނާ މިރޭގެ މެޗުގައި ކުރިމަތިލާން ޖެހެނީ އެހެން ޗެލެންޖަކާ އެެވެ. އެއީ ނިއު އަށް މާޒިޔާ އަތުން މޮޅެއް ނުލިބޭތާ ދެ އަހަރުވެފައިވާތީ އެ ނަތީޖާ އަނބުރާލުމަށެވެ. މިދިޔަ އަހަރު އާދައިގެ ގޮތަކަށް އޮތް ނިއު އަށް މާޒިޔާ އަތުން މޮޅެއް ނުލިބެ އެވެ. އަދި މި އަހަރު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މާޒިޔާ މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މާޒިޔާގެ އަޑޭ (ވ) ކައިރިން ނިއުގެ ހޮކޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޮސްކާ ހަވާލުވި ފަހުން މާޒިޔާއާ ދެކޮޅަށް ނިއު ކުޅުނީ ދެ މެޗެވެ. އެއީ އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި 1-1 އިން އެއްވަރުވި މެޗާއި ޕްރިމިއާ ލީގުގައި 2-0 އިން މާޒިޔާ މޮޅުވި މެޗެވެ. ދެ މެޗަށް ބެލިޔަސް ނިއު އިން މެޗު ކޮންޓްރޯލްކުރި އެވެ. އެހެން ނަމަވެސް މައްސަލަ ދިމާވީ ނަތީޖާ ނެރުމުގަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް ނިއު ނުކުންނައިރު މާޒިޔާ އަތުން މޮޅެއް ހޯދުމަށް އެ ޓީމު އޮންނާނީ ކެތްމަދުވެފަ އެވެ.
ނިއުގެ ކޯޗު އޮސްކާ މީގެ ކުރިން މާޒިޔާއާ ދެ ފަހަރަށް ވާދަކުއިރު އެ ޓީމުގެ ކޯޗަކަށް ހުރީ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ. އޭނާ އަކީ އެ ދެ މެޗުގައި ވެސް ކުޅުނީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކަމަށް ބުނެ އޮސްކާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިއީ މާޒިޔާ ކޯޗު ކަމާ ދެ ވަނަ ފަހަރަށް އިންމަ ހަވާލުވި ފަހުން ނިއުއާ ވާދަކުރާ ފުރަތަމަ ފަހަރެވެ. އިންމަގެ ކޯޗުކަމުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިލަންދޫއާ 3-3 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ވަނީ ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ. ގްރީން ސްޓްރީޓްސް މެޗަށް ފަހު އިންމަ އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އޭނާ ބޭނުންވާ ފެންވަރަށް މަޑުމަޑުން ޓީމު ހޭނެމުން އަންނަ ކަމަށެވެ.
އިންމަ މާޒިޔާއާ ހަވާލުވެ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ ކުރިއަށް އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. މި ދެ މުބާރާތުގެ ކުރިން މާޒިޔާ އަށް މި ވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ މިހާތަނަށް ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އަދި ނިއު އަތުން ބަލިނުވެ މާޒިޔާ ދަމަހައްޓަމުން އަންނަ ރެކޯޑް ހިފެހެއްޓުމަށް އިންމަ ކުރިމަތިލާ ޗެލެންޖެކެވެ.
މިރޭގެ މެޗަށް ފަހު ނިއުއާ ލީގުގެ އައްޑަނަ ހަވާލުކުރާނެ އެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ވަރުގަދަ ކުރިމަތިލުމެއް، މާޒިޔާ އިން ނިއު ބަލިކޮށްފި
މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޓެސްޓެއް: ނިއުގެ ކޯޗު
"ދަގަނޑޭ ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން"
ޓީސީ ބަލިކޮށް ނިއު އަށް ވަރުގަދަ ފެށުމެއް
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ
ސަރަހައްދީ ބާރަކަށް ނިއު ހަދަން ބޭނުން: އޮސްކާ
ގްރީން ބަލިކޮށް މާޒިޔާއާ އެކު އިންމަ އަށް މޮޅެއް