20 ޖުލައި 2016
ކްލެވެލޭންޑް (ޖުލައި 20) - އަންނަ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ހަމަޖައްސައިފި އެވެ.
ކްލެވެލޭންޑް (ޖުލައި 20) - އަންނަ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ހަމަޖައްސައިފި އެވެ.
ކްލެވެލޭންޑުގަައި ކުރިއަށް ގެންދާ ޕާޓީގެ ގައުމީ ޖަލްސާގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޓްރަމްޕް ރަސްމީކޮށް ހަމަޖެހުމަކީ އެމެރިކާގެ ތާރީޚުގައި ވެސް ފާހަގަކޮށްލޭ ކަމެކެވެ. އަދި ވައިޓްހައުސް އަށް ވަޑައިގަތުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދިގު އިންތިޒާރުގެ ނިމުމަށް ލިބިގެންދިޔަ އިތުރު ކާމިޔާބެކެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ޓްރަމްޕުގެ ދަރިކަލުން އެރިކް އާއި އޭނާގެ އަންހެނުން ވަނެސާ (ކ) އަދި ޓްރަމްޕުގެ އަންހެން ދަރިކަލުން އިވަންކާ (މ) . --ފޮޓޯ:އޭއެފްޕީ
ޕާޓީގެ ޕްރައިމަރީގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ހޯދި ކާމިޔާބީ އަށް ފަހު ނިއު ޔޯކުގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ "މިއީ ތާރީޚީ ވަގުތެއް ކަމަށާއި އެންމެން އެކަތި ގަނޑަކަށްވެ ނޮވެމްބަރުގައި ހިލަރީ ކްލިންޓަން ބަލިކުރަން ޖެހޭ" ކަމަށެވެ.
ކޮންވެންޝަނުގައި ރިޔާސީ ޓިކެޓް ކަށަވަރު ކުރަން ބޭނުންވާ 1،237 ޑެލިގޭޓް ވޯޓު ޓްރަމްޕަށް ލިބިވަޑައިގެންނެވީ ނިއު ޔޯކުގެ ވަފުދުގެ ފަރާތުން ޓްރަމްޕުގެ ތިން ދަރިން ބައްޕަ އަށް ތާއީދު އޮތްކަން އިއުލާންކޮށް އެ ސިޓީގެ ޑެލިގޭޓް ވޯޓު ދެއްވުމުންނެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ޓްރަމްޕުގެ ދަރިކަލުން ޓިފަނީ ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
"މިއީ އާދަޔާޚިލާފު ވަގުތެއް. އަޅުގަނޑުމެންގެ ބައްޕައާ މެދު ވަރަށް ފަޚުރުވެރިވަން،" ޓްރަމްޕުގެ ދޮށީ ދަރިކަލުން އަދި ވިޔަފާރިވެރިޔާ އީވާންކާ ޓްރަމްޕް ވިދާޅުވި އެވެ.
ޕާޓީގެ ޕްރައިމަރީ ޓްރަމްޕް ވަނީ މީގެ ދެ މަސް ކުރިން ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅު ފަރާތްތަކުން ދިޔައީ ރިޔާސީ ޓިކެޓަށް ހުރަސް އަޅާ ގޮތެއް ނިންމާނީ ގައުމީ ޖަލްސާ އިން ކަމަށް ބުނަމުންނެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޓްރަމްޕް ހަމަޖެހުމާ އެކު ބައެއް ޑެލިގޭޓުން ވަނީ ބައްދަލުވުމުން ނުކުމެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ޓްރަމްޕުގެ އަންހެން ދަރިކަނބަލުން އިވާންކާ (ކ) އާއި ފިރިހެން ދަރިކަލުން ޓްރަމްޕް ޖޫނިއާ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަނުގެ ޑެލިގޭޓް ޓެރީ ގަލްވޭޒް ފާޅުގައި ވަނީ ޓްރަމްޕަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ޓިކެޓް ޓްރަމްޕަށް ޔަގީންވުމާ އެކު ފަންޑް ހޯދުމުގެ އިވެންޓެއްގައި އުޅުއްވަމުން ހިލަރީ ކުރެއްވި ޓްވީޓެއްގައި ވަނީ "ޓްރަމްޕަށް ކެންޑިޑޭޓްކަން އަދި އެ ލިބުނީ ކަމަށާއި އޭނާ އަށް ވައިޓްހައުސްއާ ގާތްނުވެވޭތޯ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް" ވިދާޅުވެފަ އެވެ.
ވައުދު ފުއްދައިފި ނަމަ 50 އަހަރު ވެރިކަން ކުރާނެ: މުޝީރު
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕާ ހިތްހަމަނުޖެހޭ ފަރާތްތައް ކޮންވެންޝަނާ ދުރުގައި
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
ރިއާސީ އިންތިޚާބަށް ކުރިމަތިލާނަން: ޓްރަމްޕު
ޓްރަމްޕްގެ ވަކީލު ޔޫޓިއުބުން ބޭރުކޮށްލައިފި
ޓްރަމްޕްގެ ގާތުން މެލާނިއާ ވަރިވަނީ؟
ޓްވިޓާ އިން ޓްރަމްޕް ބްލޮކްކޮށްފާނެ
ޓްވިޓާގެ ކޮންޓްރޯލް ޓްރަމްޕުގެ އެކުވެރިއަކަށް؟
ސްޓާބަކްސްގެ ކުރީގެ ސީއީއޯ އެމެެރިކާގެ ރައީސް ކަމަށް