Roadha Mihaaru
ހައްޔަރުކުރި ފުލުހުންނަށް ގިނަ ތުހުމަތުތަކެއް

ހައްޔަރުކުރި ފުލުހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް

07 އެޕްރީލް 2018

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފި އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން މި މީހުންގެ މައްޗަށް، ގާނޫނުގައިވާ ގޮތުގެ މަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ކޮށްފައިވެ އެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންނަށް ނުވަތަ ބައެއް އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ޓެރަަރިޒަމްގެ އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންނަށް ކުރެ އެވެ.

މި ތުހުމަތުތައް އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދާއި ސާޖަންޓް އަހުމަދު އާސިމާއި ސާޖަންޓް އަލީ ރިޝްވާނާއި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އަށް ކުރެ އެވެ. ކުށުގެ ތުހުމަތަށް ހައްޔަރު ކުރުމަށް ފަހު މި އެންމެން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

މި އަށް ފުލުހުން ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައިސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.