Roadha Mihaaru
އެތައް ގުނައެއް އަގުހެޔޮ ބަދިގެ ސެޓް އެސްޓާސްއިން

އެތައް ގުނައެއް އަގުހެޔޮ ބަދިގެ ސެޓް އެސްޓާސް އިން ވިއްކަނީ

09 އެޕްރީލް 2018

ބާޒާރުގައި މިހާރު ލިބެންހުރި އެހެން ބަދިގެ ސެޓްތަކަށް ވުރެ އެތައް ގުނައެއް އަގުހެޔޮ ބަދިގެ ސެޓްތަކެއް އެސްޓާސް އިން ވިއްކަން ފަށައިފި އެވެ.

ބާޒާރުގައި މިހާރު ލިބެންހުރި އެހެން ބަދިގެ ސެޓްތަކަށް ވުރެ އެތައް ގުނައެއް އަގުހެޔޮ ބަދިގެ ސެޓްތަކެއް އެސްޓާސް އިން ވިއްކަން ފަށައިފި އެވެ.

އެސްޓާސް އިން ބުނީ އަލަށް ތައާރަފްކުރި ބަދިގެ ސެޓްގެ ޔުނިޓްތައް ތައްޔާރު ކޮށްފައި ހުންނާނީ އަތުރާލަން ވަރަށް ފަސޭހަ ގޮތަށް ކަމަށެވެ. އަދި މި ބަދިގެ ސެޓްތަކުގެ އަގު މާކެޓްގައި މިހާރު ވިއްކާ އެހެން ސެޓްތަކަށް ވުރެ އެތައް ގުނައެއް އަގު ހެޔޮވާނެ ކަމަށް ވެސް އެ ފިހާރަ އިން ބުންޏެވެ.

"އަޅުގަނޑުމެން ހުންނާނީ ޔުނިޓްތައް ވަކިވަކިން ޕެކްކޮށްފައި. މިންތައް ދިނުމުން ޑިޒައިން ކުރުމަށް ފަހު އޭގެ ތްރީޑީ ޑިޒައިން ދައްކާލެވޭނެ،" އެސްޓާސް އިން ބުންޏެވެ.

އެސްޓާސްއިން ވިއްކާ ބަދިގެ ސިސްޓަމް: އެތަނުން ގަންނަ ސިސްޓަމް ހުންނަނީ އަތުރާލަން ވަރަށް ފަސޭހަގޮތަކަށް. ފޮޓޯ: އެސްޓާސް

އެސްޓާސްއިން ވިއްކާ ބަދިގެ ސިސްޓަމް: އެތަނުން ގަންނަ ސިސްޓަމް ހުންނަނީ އަތުރާލަން ވަރަށް ފަސޭހަގޮތަކަށް. ފޮޓޯ: އެސްޓާސް

އެ ފިހާރަ އިން ބުނީ ބަދިގޭ ޔުނިޓްތަކުގެ މަތި ގުޅާލަން ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ އެޗްޕީއެލް ފިލާ ކަމަށެވެ. އަދި އެ ފިލާ ބޭނުންކޮށްގެން ޔުނިޓްތައް ވަރަށް ފަސޭހަ އިން ގުޅާލެވޭނެ ކަމަށް ވެސް އެސްޓާސް އިން ބުންޏެވެ.

"މި ފިލައަކީ ކައުންޓަ ޓޮޕް ހަދަން ބޭނުންކުރާ ހާއްސަ ފިލައެއް. އަދި ފިލާގައި ޖަރާސިމު އުފެއްދުން ހުއްޓުވާލާނެ. މިއީ ހައިޖީނިކް ތަންތަނުގައި ބޭނުންކުރަން ހާއްސަ މެޓީރިއަލެއް،" އެ ފިހާރަ އިން ބުންޏެވެ.

އެސްޓާސް ބަދިގެ ސެޓްގައި މި ވަގުތު ލިބެންހުރީ ހަމައެކަނި ހުދު ކުލަ އެވެ. އަދި ބަދިގެ ސެޓާއެކު އުނދުނާއި ހުޑު އަދި ސިންކާއި އިސްކުރު ވެސް ލިބެންހުރެ އެވެ.