ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި މީގެ އިރުކޮޅެއް ކުރިން އަލިފާން ރޯވެއްޖެ އެވެ.
10 އެޕްރީލް 2018
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި މީގެ އިރުކޮޅެއް ކުރިން އަލިފާން ރޯވެއްޖެ އެވެ.
އެ ސައިޓަކީ ވެމްކޯގެ ހުޅުމީދޫ އޮފީހާއި ކުނިކޮށި ވެސް ހިމެނޭ ސަރަހައްދެވެ. ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެންމެ ފުރަތަމަ އަލިފާން ރޯވީ ސައިޓްގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ސައިޓަށް ފެތުރުނީ ކަމަށް އޭނާ ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމުންގެ ބައެއްގެ އެހީތެރިކަމާ އެކު މިހާރު އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ކުނި ސައިޓްގައި ރޯވިޔަސް ހިދުމަތަކަށް ބުރުލެއް ނާރާ
ކައުންސިލަރު ތުހުމަތު ކުރަނީ ބަޔަކު ރޯކޮށްލީ ކަމަށް!
ހުޅުމީދޫ ޗަސްބިން ސަރަހައްދުގައި ރޯވުން އާންމު ކަމަކަށް
ހުޅުމީދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި
މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ ފިހިއްޖެ
ވަކިވުމުގެ އުފަލުގައި ހުޅުދޫ/މީދޫގައި ހަވާ އަރުވަނީ
"އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް"
އައްޑޫ ވޯޓު: ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން
އައްޑޫ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު
ސިޓީ ކައުންސިލުން ވަކިވެ، ފޭދުއަށް އޮތް މޮޅަކީ ކޮބާ؟