Roadha Mihaaru
ޝާހިދާގެ މަރުގެ މައްސަލާގައި ފިރިމީހާ ހައްޔަރުކޮށްފި

ޝާހިދާގެ މަރުގެ މައްސަލާގައި ފިރިމީހާ ހައްޔަރުކޮށްފި

11 އެޕްރީލް 2018

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މިއަދު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 61 އަހަރުގެ ފިރިހެނަކު ނޮޅިވަރަމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ޝާހިދާ ފިރިމީހާ އެވެ. އެއީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށް ބުނާ ފުރަތަމަ މީހާ އެވެ.

މިދިޔަ މަހު ކުރީކޮޅު ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ. ނަމަވެސް އޭގެ ނަތީޖާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ ފަތިސް ނަމާދުން ފައިބައިގެން އައިތަނާ އޭނާގެ ފިރިމީހާ އަށެވެ. އެރޭ އޭނާ ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އެކަމަކު ގެ އާ ކައިރީގައި ހުންނަ މިސްކިތުގައި ފިރިމީހާ އިން އިރު ޝާހިދާ ރޯ އަޑު އިވުނު ކަމަށް ފިރިމީހާއާ ހަވާލާދީ އޭނާގެ އާއިލާ އިން ކުރިން ބުނެފައިވެ އެވެ.