Roadha Mihaaru
އެންސީއޭ އިން މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

އަންނަ މަހު އެންސީއޭ އިން މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

12 އެޕްރީލް 2018

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކައިލުމުގެ ގޮތުން، އަންނަ މަހު މިއުޒިކް ފެސްޓިވަލެއް މާލޭގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކައިލުމުގެ ގޮތުން، އަންނަ މަހު މިއުޒިކް ފެސްޓިވަލެއް މާލޭގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 11 އާއި 12 ގައި ކަމަށެވެ.

އެހެންވެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ބޭންޑްތަކާއި ސޯލޯ އާޓިސްޓުންނަށްނާއި މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުންނަށް މި މަހުގެ 19 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެކަމަށް އެދޭ ފޯމް އެންސީއޭގެ ވެބްސައިޓުން މިހާރު ޑަައުންލޯޑް ކުރެވޭނެ އެވެ.

އެންސީއޭ އިން އަންނަނީ ދިވެހި އާޓިސްޓުންނަށް މި ފަހުން ގިނަ ފުރުސަތުތަކެއް ހޯދައި ދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބޮޑުބެރު ބޭންޑްތަކަށް ބޭރު ގައުމުތަކުގެ ފެސްޓިވަލްތަކުން ވެސް އަންނަނީ ފުރުސަތުތަކެއް ހޯދައި ދެމުންނެވެ.

އެންސީއޭ އިން ބުނި ގޮތުގައި އަންނަ މަހު ބާއްވާ ފެސްޓިވަލްގައި ދިވެހި އާޓިސްޓުންގެ ހުނަރު އެއް ތަނަކުން ދައްކައިލެވި، އާޓިސްޓުންގެ މެދުގައި ގުޅުން ވެސް ބަދަހި ކުރެވޭނެ އެވެ.