Roadha Mihaaru
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި

ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި

12 ޖޫން 2024

ބޮޑު އީދަށް ހާއްސަކޮށްގެން ނ. މަނަދޫގެ ޑާންސް ގްރޫޕް "ހިޔަލަ" އިން "ބޯކިބަންބާ" ނަމުގައި ލަވައެއް ނެރެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮޑު އީދަށް ހާއްސަކޮށްގެން ނ. މަނަދޫގެ ޑާންސް ގްރޫޕް "ހިޔަލަ" އިން "ބޯކިބަންބާ" ނަމުގައި ލަވައެއް ނެރެފި އެވެ.

އީދު ދުވަހާ ގުޅުވައިގެން ގެނެސްދިން މި ލަވާގައި ދައްކަނީ އިހުޒަމާނުގައި އީދު ބޯކިބާ ފޮރުވަން ބައެއް ރަށްރަށުގައި މީހުން އުޅުނު ގޮތެވެ. މިއީ މިހާރު ވެސް ބައެއް ރަށްރަށުގައި ވަރަށް ފޯރީގައި ކުރާ ކަމެކެވެ.

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

ބޯކިބާ ތައްޔާރުކުރާ ގޮތާއި އެ ބޯކިބާ ފޮރުވަން ފިރިހެނުން ކުރާ މަސައްކަތް މި ލަވައިގައި ދައްކަ އެވެ. އެ މަންޒަރުތައް ގެނެސްދީފައި ވަނީ ކުޑަކުއްޖަކަށް އެ ވާހަކަ ކިޔައިދޭ ގޮތަށެވެ.

ހިޔަލަ ގްރޫޕުގެ މެނޭޖަރު އަހުމަދު އަބްދުﷲ ބުނީ މި ލަވަ އުފެއްދި އޯޑިއޯ ޕްރޮޑަކްޝަނުން މި ލަވަ ކޮމްޕޯޒްކޮށް ނިންމަން އެއް މަސްދުވަސް ހޭދަވި ކަމަށާއި އަދި ވީޑިއޯ ނަގަން ހަފުތާއެއް ހޭދަވި ކަމަށެވެ. އަދި މި ވީޑިއޯ ލަވައިގެ އެޑިިޓިންގެ މަސައްކަތް ކުރީ ވީޑިއޯގްރާފަރު އިބްރާހިމް ސުޖާއު ކަމަށް ވެސް އޭނާ ބުންޏެވެ.

މި ލަވައިގެ ޅެން ލިޔުނީ ހިޔަލަ ގްރޫޕުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ޝާހިދު އެވެ. އަދި އޯޑިއޯގެ ހުރިހާ މަސައްކަތެއް ކޮށްފައި ވާނީ "އެއްކާފް ސްޓޫޑިއޯ" އިން މުނާޒެވެ.

މި ލަވައިގައި ފެންނަ ސަގާފީ ހެދުންތައް ޑިޒައިންކޮށްފައި ވަނީ އެ ގްރޫޕުގެ ނެށުންތެރިޔާ އައިޝަތު ސުއިޒާ އެވެ. އަދި ލިބާހުގެ ބޯވަޅުތައް ހަދާފައި ވަނީ މަނަދޫގެ "ލުލީސް" އިންނެވެ.

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

ހިޔަަލަ ގްރޫޕުން ކޮންމެ އަހަރަކު ވެސް އީދަށް ހާއްސަ ލަވައެއް ނެރެ އެވެ. މި ލަވާގައި އެ ގްރޫޕްގެ ހުރިހާ ނެށުންތެރިން ފެނެ އެވެ.

މި ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.