Roadha Mihaaru
"ދިއްދޫ ކައުންސިލަށް ފުލުހުން ވަނީ ސިޔާސީބޭނުމެއްގައި"

ދިއްދޫ ކައުންސިލަށް ފުލުހުން ވަނީ ސިޔާސީ ބޭނުމެއްގައި: އެމްޑީޕީ

16 އެޕްރީލް 2018

ހއ. ދިއްދޫ ކައުންސިލްގެ އިދާރާ އަށް މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ސިޔާސީ ބޭނުމެއްގައި، ކައުންސިލަރުންނަށް ފުރައްސާރަ ކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހއ. ދިއްދޫ ކައުންސިލްގެ އިދާރާ އަށް މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ސިޔާސީ ބޭނުމެއްގައި، ކައުންސިލަރުންނަށް ފުރައްސާރަ ކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ ދިއްދޫ ކައުންސިލް އިދާރާ އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ފާސް ކުރީ ބަލަމުން އަންނަ މައްސަލަ އަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލާގައި، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިއްދޫ ކައުންސިލަށް ފުލުހުން ވަނީ އެއްވެސް އުސޫލެއް ނެތި، ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. މިއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި ސަރުކާރުގެ އަމަލުތަކުން މިދިޔަ ފަސް އަހަރު ފެންނަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް، ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރެވެ.

"ގާނޫނުއަސާސީއާ ހިލާފަށް ގާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު މިވަނީ ގަޑުބަޑުކޮށްފަ އެވެ. އެ އަށް ފަހު ވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ގާނޫނާ ހިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާ އަށް ވެސް މިހާރު ވަންނަމުން އަންނަ ކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ބުނީ ދިއްދޫގައި ދިރިއުޅޭ މީހުންނަކީ އިސްލާހީ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ސާބިތުކަމާ އެކު މަސައްކަތް ކުރާ ބައެއް ކަމަށާއި ސަރުކާރުން ކިތަންމެ ބިރު ދެއްކިޔަސް، ފަހަތަށް ނުޖެހޭނެ ކަމަށެވެ. ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް، ޖިނާއީ ކުށުގެ ތުހުމަތު ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ހުރަސް އެޅިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބީ ކަންކަމުގައި ފުލުހުން ވެސް ބައިވެރި ނުވުމަށާއި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅި، މުޅި ރާއްޖެ އަށް އިޔާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

ދިއްދޫ ކައުންސިލްގެ އިދާރާ ފުލުހުން ފާސް ކުރިއިރު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ވަނީ އެ ކައުންސިލްގެ ހަތަރު ކައުންސިލަރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ކައުންސިލަރުން ސަސްޕެންޑް ކުރީ މިދިޔަ ފެެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އެ ކައުންސިލަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި، ބަޔާން ނެރުނު އެހެން ބައެއް ކައުންސިލްތަކުގެ މެމްބަރުން ވެސް އެލްޖީއޭ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.