21 ޖުލައި 2016
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 360 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 360 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 547.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އިންޓަރެސްޓާއި އެފަދަ އެހެން ފީތަކުން އާމްދަނީގެ ގޮތުގައި 351.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންމެ ބޮޑު ބޭންކުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 474.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ބޭންކުން ހިންގުމުގެ ހަރަދުގެ ގޮތުގައި 110 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ޕްރޮވިޝަނަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 364.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ނުލިބޭނެ ކަމަށް ބެލެވޭ ލޯނުތަކަށް ޕްރޮވިޝަންގެ ގޮތުގައި 115.2 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލީ ހާލަތު ކުރިއަރަމުންދާ އިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ސާފު ފައިދާ ވަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 152 ޕަސެންޓްގެ ކުރިއެރުމަކާއެކު 571 މިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.
"މިއަދު ނެރުނު ބީއެމްއެލްގެ ކުއާޓަރލީ ރިޕޯޓް ދައްކާ ގޮތުން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައި ދޫކޮށްފައިވާ ލޯނު އިތުރުވެ ރަނގަޅުވެފައިވެ އެވެ. ދި މި ނަތީޖާ އާ އެކު މި ހަމަސް ދުވަސް ވެގެން ގޮސްފައި ވަނީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ހަ މަސްދުވަހުގެ މުއްދަތުގެ ގޮތުގަ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ބޭންކުން ބުނެފައި ވަނީ ރައުސްމާލުގެ ފުއްދުންތެރިކަމުގެ މިންވަރު ވެސް ވަނީ ގާނޫނުން ލާޒިމްކުރާ މިންގަނޑުތަކަށްވުރެ އިތުރަށް ބަހައްޓާފައިވާ ކަމަށެވެ.
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި 493 މިލިއަން
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް
ބީއެމްއެލަށް 1.7 ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި
ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި