ވޮޝިންޓަން (ޑިސެމްބަރު 1) - އިރާގު ސިފައިން ކުވޭތު ހިފުމުން 1990 ގައި "ސަހަރާގެ ތޫފާން"ގެ ނަމުގައި 1991 ގައި ހަނގުރާމަ ފަށައި ސައްދާމް ހުސެން ބަލިކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް މިއަދު އަވަހާރަވެއްޖެ އެވެ.
ވޮޝިންޓަން (ޑިސެމްބަރު 1) - އިރާގު ސިފައިން ކުވޭތު ހިފުމުން 1990 ގައި "ސަހަރާގެ ތޫފާން"ގެ ނަމުގައި 1991 ގައި ހަނގުރާމަ ފަށައި ސައްދާމް ހުސެން ބަލިކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް މިއަދު އަވަހާރަވެއްޖެ އެވެ.
ސެޕްޓެމްބަރު 11، 2001 ގައި އަލްގައިދާ އަށް ނިސްބަތްވާ ވަރުގަދަ ޓެރަރިސްޓް ހަމަލާ އެމެރިކާ އަށް ދިން އިރު ވެރިކަމުގައި ހުންނެވި ޖޯޖް ޑަބްލިޔު. ބުޝްގެ ބައްޕާފުޅު އަވަހާރަވީ އުމުރުން 94 އަހަރުގަ އެވެ.
ޖޯޖް ބުޝް 1992 ވަނަ އަހަރު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ޖޯޖް ބުޝް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުވޭތު މިނިވަންކުރަން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިންނެވެ. އީރާނާއި އިރާގާ ދެމެދު 1980ގެ އަހަރުތަކުގައި ހިނގި ހަނގުރާމަ ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ، އިރާގު ސިފައިން، އޮގަސްޓް 2، 1990 ގައި ކުވޭތު ހިފި އެވެ. އަދި ހަތް މަސް ވަންދެން ކުވޭތުގައި ތިއްބެވެ.
އިރާގު ސިފައިން 1990 ވަނަ އަހަރު ކުވޭތަށް އެރުން ސިފަ ކުރައްވާ ބުޝް ވިދާޅުވެފައި ވަނީ "މި އުދުވާން ދެމިނޯންނާނެ" ކަމަށެވެ. ނަތީޖާއެއްގެ ގޮތުން 32 ގައުމުގެ ކޯލިޝަނެއް އުފައްދާ އިރާގު ސިފައިން ކުވޭތުން ބޭލުމުގެ ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. "ސަހަރާގެ ތޫފާން" ގައި އެމެރިކާގެ 425،000 ސިފައިންނާއި ގުޅިފައިވާ ލަޝްކަރުގެ 118،000 ސިފައިން ބައިވެރިވި އެވެ. ބާރަ އަހަރު ފަހުން އެ މަސައްކަތް ނިންމީ ބުޝްގެ ދަރިކަލުން ޑަބްލިއު. ބުޝް އެވެ.
ޖޯޖް ބުޝް (ވ) އިނގިރޭސި ބޮޑު ވަޒީރު މާގަރެޓް ތެޗާ އާ އެކު 1989 ވަނަ އަހަރު. --ފޮޓޯ:އޭއެފްޕީ
ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ސަރުކާރުގައި ނައިބް ރައީސެއްގެ ގޮތުގައި ދެ ދައުރު ޚިދުމަތް ކުރެއްވުމަށް ފަހު އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި ބުޝް ވެރިކަމަށް ވަޑައިގެންނެވީ 1989 ވަނަ އަހަރު އެވެ. ނަމަވެސް 1992 ވަނަ އަހަރުގެ އިންތިޚާބުގައި ބުޝްގެ މައްޗަށް ވަނީ ބިލް ކްލިންޓަން ކާމިޔާބު ހޯއްދަވައިފަ އެވެ. ބުޝްގެ މަގްބޫލްކަމުގެ ރޭޓިން 90 ޕަސެންޓުގައި ހުރި ނަމަވެސް ދާޚިލީ ބައެއް ކަންކަމަށް އިހްމާލްވުމުގެ ތުހުމަތު ކޮށްފައިވެ އެވެ.
އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް (ކ) އާއި ޖޯޖް ބުޝް އާއި ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް (ވ) 2008 ވަނަ އަހަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ
ބުޝް އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ޕައިލެޓެކެވެ. ސިޔާސީ ދާއިރާ އަށް 1964 ވަނަ އަހަރު ވަދެވަޑައިގަތުމުގެ ކުރިން އެމަނިކުފާނަކީ ތެލުގެ ވިޔަފާރިވެރިއެކެވެ.
އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވިތާ ހަފުތާއެއް ފަހުން، މިދިޔަ އެޕްރީލް މަހު ބުޝް ވަނީ އިންފެކްޝަނެއްގައި ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ.
ޖޯޖް ބުޝް އާއި އަނބިކަނބަލުން ބާބަރާ ޖެނުއަރީ 1، 1960 ގައި ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ:އޭއެފްޕީ
ދެހާސް އެއް ވަނަ އަހަރު ބުޝް އަށް ވަނީ ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގެންފަ އެވެ. މީގެ ކުރިން އެ ޝަރަފް ލިބިވަޑައިގެންފައި ވަނީ ޖޯން އެޑަމްސް އަށެވެ. ބުޝްގެ ދަރިކަލުން ޖެބް ބުޝް ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
ޖޯޖް ބުޝް އާއި ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް (ވ) 2008 ވަނަ އަހަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ
ބުޝް ވަނީ 2004 ވަނަ އަހަރު އޭޝިއާގެ ގައުމުތަކަށް އެރި ސުނާމީއާ ގުޅިގެން ފަންޑް ހޯދުމުގެ މަސައްކަތުގައި ކްލިންޓަނާ އެކު މަސައްކަތް ކުރައްވައިފަ އެވެ. ބުޝް އާއި ކްލިންޓަން ރާއްޖެ ވަޑައިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލު ކުރެއްވި އެވެ. މީގެ އިތުރުން ހެއިޓީ އަށް 2010 ވަނަ އަހަރު އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި ވެސް ބުޝް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ރައީސް ބަރަކް އޮބާމާ 2011 ވަނަ އަހަރު ވަނީ ބުޝް އަށް އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "މެޑަލް އޮފް ފްރީޑަމް" އަރުވައިފަ އެވެ.
ގަތަރާއި އިރާގުގެ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
އެމެރިކާ ބަދަލުހިފުމުން އިރާގާއި ސީރިއާ ރުޅިގަދަވެއްޖެ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
އެމެރިކާގެ އެކަކުވެސް އިރާގުގައި ހުރުން ގޯސް: ޚާމަނާއީ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
އެމެރިކާގެ ގޮށްމުށުގެ ބާރަށް އެއްވެސް ހައިސިއްޔަތެއް ނެތް
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި