Roadha Mihaaru
އަރަބިއަން ޓްރެވަލް މާކެޓްގައި ރާއްޖެއިން ބޮޑު ވަފުދެއް

އަރަބިއަން ޓްރެވަލް މާކެޓްގައި ރާއްޖޭގެ 68 ކުންފުންޏަކުން 128 މީހުންގެ ބައިވެރިއްޖެ

22 އެޕްރީލް 2018

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިއަދު ފެށި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓްކުރަން 68 ކުންފުންޏަކުން 128 މީހުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވެއްޖެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިއަދު ފެށި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓްކުރަން 68 ކުންފުންޏަކުން 128 މީހުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޓޫރިޒަމް ފެއާގައި އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އެރެބިއަން ޓްރެވަލް މާކެޓްގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު ބޭފުޅަކާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

އެރެބިއަން ޓްރެވަލް މާކެޓްގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު ބޭފުޅަކާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ އެ ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ ގައުމުތަކުގައި ރާއްޖެ އިސްތިހާރުކުރުން ކަމަށެވެ. އެގޮތުން މެދުއިރުމަތިން އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދާނެ އެކި އެކި ޕްރޮމޯޝަނަލް ކެމްޕޭންތަކާ ގުޅޭ ގޮތުން އެ ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ފެއާގައި ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނޭ 209 އަކަމީޓަރުގެ ސްޓޭންޑެއް ވަނީ ހަދައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މެދުއިރުމަތިން 49،142 މީހުން ރާއްޖެ އައިސްފައިވެ އެވެ.