ރިސޯޓް ހަދަން ވިލާ ގްރޫޕަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން އެންގި 2.9 ބިލިއަން ރުފިޔާ ނުދެއްކުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒްކުރި އެ ކުންފުނީގެ އެކައުންޓްތައް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ދޫކޮށްލައިފި އެވެ.
25 އެޕްރީލް 2018
ރިސޯޓް ހަދަން ވިލާ ގްރޫޕަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން އެންގި 2.9 ބިލިއަން ރުފިޔާ ނުދެއްކުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒްކުރި އެ ކުންފުނީގެ އެކައުންޓްތައް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ދޫކޮށްލައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފްރީޒްކޮށްފައިވާ ވިލާ ގްރޫޕްގެ ހުރިހާ އެކައުންޓްތަކެއް މީރާއިން ކްލިއަރެންސް ދިނުމުން ވަނީ ދޫކޮށްލައިފަ އެވެ. މިކަމާ ގުޅޭ ގޮތުން މީރާ އާއި ވިލާ އިން ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ.
އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރީ ވިލާ ޝިޕިންއަށް ދޫކޮށްފައިވާ ރަށްތަކުގެ އެގްރިމަންޓްތައް 2015 ވަނަ އަހަރު ބާތިލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި 100 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް މީރާ އިން އެންގުމުން އެ ފައިސާ ނުދެއްކުމުންނެވެ.
ވިލާގެ އެއްބަސްވުންތައް ބާތިލުކޮށް އެކައުންޓްތައް ފްރީޒްކުރުމުން އެ ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެގޮތުން ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން ބާތިލްކޮށް، އެތަންތަން 2015 ގައި ސަރުކާރުން އަތުލި މައްސަލާގައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އަހަރު ސިވިލް ކޯޓުގެ ހުކުމްތައް ބާތިލްކޮށް، އެތަންތަން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައިވެ އެވެ. އެ މައްސަލަ ވިލާއިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ހައި ކޯޓުގެ ހުކުމްތައް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ.
ވިލާ އިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ފެބްރުއަރީ 5، 2015 އާ ހަމައަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތައް ވެސް އިޔާދަކޮށްދޭން ޖެހޭނެ ކަމަށެވެ.
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
"ރިސޯޓު ކުލީގެ ޖޫރިމަނާ ބަދަލުކުރީ ހަމަޖެހޭ ރޭޓަކަށް"
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ހޮލިޑޭ އައިލެންޑްވެސް އައިސޮލޭޝަން ފެސިލިޓީއަކަށް
ރިސޯޓުގެ ފަޅުތެރޭގައި ވެސް ރިސޯޓް ހެދުމުގެ ފުރުސަތު!
ބުކިންސްތައް ކެންސަލްވެ މިލިއަން ޑޮލަރުގެ ގެއްލުން!
ވިލާ އިން ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފި