01 ޖުލައި 2016
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި ތިން މައްސަލައެއް ކުރިޔަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ އަނބުރާ ގެންގޮސްފި އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި ތިން މައްސަލައެއް ކުރިޔަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ އަނބުރާ ގެންގޮސްފި އެވެ.
ވިލާ އިން ދައުވާކުރި ތިން މައްސަލައަކީ ރ. މާނެންފުއްޓާއި ތ. އެލާ އަދި ގދ. ގަޒީރާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާ އެކު އެ ކުންފުނިން ސޮއިކުރި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމަންޓް މިިދިޔަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ބާތިލުކޮށްފައިވާ ކަމަށް ބުނެ، އެ ރަށުގެ އިނީޝަލް ލީސް އެގްރިމަންޓްގެ ދަށުން ހިނގާ ކުއްޔާއި ޖޫރިމަނާ އަދި އިންޓަރެސްޓަށްވާ ފައިސާ ދެއްކުމަށް މީރާ އިން 30 ދުވަހުގެ މުއްދަތެއްދީ ފޮނުވި ސިޓީއަކީ ބާތިލް ސިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށް ކުރި ދައުވާ އެވެ.
ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހުކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ވިލާ ޝިޕިން އިން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ކުރިޔަށްގެންދާނެ ތަނެއް ނެތް ކަމަށް ކޯޓުން ނިންމީ އެވެ.
މީރާގެ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތް: ގާސިމް ދައުވާކުރި މައްސަލަތައް ވަނީ އަނބުރާ ނަގާފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންއަށް ދޫކޮށްފައިވާ ރަށްތަކުގެ އެގްރިމަންޓްތައް މިދިޔަ އަހަރު ބާތިލުކުރީ ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ހަރަކާތްތައް ހިންގަން ފެށުމާ އެކުގަ އެވެ. އެ އެގްރިމަންޓްތައް ބާތިލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި 100 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ގާސިމްގެ ވިލާ ޝިޕިންއަށް އަންގާފައިވެ އެވެ. އަދި އެ ފައިސާ ނުދެއްކުމުން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.
ވިލާއިން މީރާއާ ދެކޮޅަށް ހުށަހެޅި ދައުވާތައް އަނބުރާ ގެނައިއިރު އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ މީރާއަށް ދެއްކި ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ. އަދި އެ މައްސަލަ ކޯޓުން ނެގިއިރު ގާސިމާއި ސަރުކާރާ ދެމެދު ވަނީ ގުޅުން ބަދަހިވެފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވަނީ ގާސިމްއާ ރޭ ބައްދަލުކޮށްފަ އެވެ.
ވިލާއާ ދެކޮޅަށް ކުރި 2.5 ބިލިއަންގެ ދައުވާ ނަގައިފި
ވިލާ އިން ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފި
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާ ޝިޕިންއާ ދެކޮޅަށް 75 މިލިއަންގެ ދައުވާތަކެއް
ވިލާގެ 18 މިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލައިފި
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް
މީރާ؛ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ!