Roadha Mihaaru
ރ. އާރަށުގައި ހަދާ ރިސޯޓު މިއަހަރު ހުޅުވަނީ

ރ. އާރަށުގައި ހަދާ ރިސޯޓު "ހެރިޓެންސް" ބްރޭންޑާއެކު ހުޅުވަނީ

26 އެޕްރީލް 2018

ރ. އާރަށުގައި ސްރީލަންކާގެ އެއިޓްކެން ސްޕެންސް އިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހަދާ މަތީ ފެންވަރުގެ ރިސޯޓު "ހެރިޓެންސް" ބްރޭންޑާ އެކު މި އަހަރު ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރ. އާރަށުގައި ސްރީލަންކާގެ އެއިޓްކެން ސްޕެންސް އިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހަދާ މަތީ ފެންވަރުގެ ރިސޯޓު "ހެރިޓެންސް" ބްރޭންޑާ އެކު މި އަހަރު ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހިންގާ ބޭރުގެ ކުންފުނިން އާރަށުގައި ހަދާ ރިސޯޓުގައި 157 ވިލާ ހުރެ އެވެ. އެގޮތުން 51 ބީޗް ވިލާ އާއި 10 ފެމެލީ ބީޗް ވިލާ އާއި 10 ޕޫލް ބީޗް ވިލާ އާއި ހަތަރު ފެމެލީ ޕޫލް ބީޗް ވިލާ އާއި 56 ވޯޓާ ވިލާ އާއި 25 ލަގްޒަރީ ވޯޓާ އަދި ޕްރެޒިޑެންޝަލް ވޯޓާ ސުއިޓެއް ހުރެ އެވެ. އޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކެއުން ލިބޭ ހަ ރެސްޓޯރަންޓް ވެސް ހުރެ އެވެ.

އެއިޓްކެން ސްޕެންސް އިން ރ. އަތޮޅުގައި އަލަށް ހުޅުވާ ފަސް ތަރީގެ ރިސޯޓުގައި މޫދުގައި ހަދާފައިވާ ހަ ކޮޓަރި ހިމެނޭ ސްޕާއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯސްއާ އެކު ޕަޑި ލައިސަންސް ލިބިފައިވާ ޑައިވް ސެންޓަރަކާއި ކިޑްސް ކްލަބަކާއި ޓެނިސް ކޯޓެއް އަދި ޖިމެއް ވެސް ހުރެ އެވެ.

ލަންކާގެ އެންމެ ވަރުގަދަ އެ ކުންފުނިން އެ ގައުމުގެ އިތުރުން އިންޑިއާ އާއި އޮމާން އަދި ރާއްޖޭގައި 24 އަށް ވުރެ ގިނަ ހޮޓާ ހިންގަ އެވެ. މީގެ ތެރޭގައި "އަދާރަން" ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ހަ ރިސޯޓެއް ވެސް ހިމެނެ އެވެ.

ހެރިޓެންސް ބްރޭންޑްގެ ހަތަރު ހޮޓަލެއް ހިންގާ އިރު، މިއީ އެ ކުންފުނިން ރާއްޖޭގައި ހެރިޓެންސް ބްރޭންޑްގެ ދަށުން ހުޅުވާ ފުރަތަމަ ރިސޯޓެވެ.

އެއިޓްކެން ސްސްޕެންސް އިން ވަނީ ރިސޯޓެއް ހެދުމަށް ނ. ރާފުށި ވެސް ކުއްޔަށް ހިފައިފަ އެވެ.