Roadha Mihaaru
ޖޯއަލި މޯލްޑިވްސް އަންނަ އޮކްޓޯބަރު 1 ގައި ހުޅުވަނީ

ޖޯއަލި މޯލްޑިވްސް އަންނަ އޮކްޓޯބަރު 1 ގައި ހުޅުވަނީ

19 އޯގަސްޓް 2018

ރ. މުރަވަންދޫގައި އަލަށް ތަރައްގީކުރާ މަތީ ފެންވަރުގެ "ޖޯއަލި މޯލްޑިވްސް" ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރ. މުރަވަންދޫގައި އަލަށް ތަރައްގީކުރާ މަތީ ފެންވަރުގެ "ޖޯއަލި މޯލްޑިވްސް" ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖޯއަލި އަކީ ތްރީ ޑައިމެންޝަނަލް އިމޭޖް ހިމެނޭ ގޮތަށް ތަރައްގީކުރާ ހިތްގައިމު ރިސޯޓުގައި 73 ވިލާ ހުރެ އެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކެއް ވެސް މި ރިސޯޓުގައި ހުންނާނެ އެވެ.

މާލެ އިން ފުރައިގެން 45 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓުގައި ވޯޓާ ވިލާތަކުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރި ހިމެނޭ ވިލާތައް ވެސް ހުރެ އެވެ. އަދި ކޮންމެ ވިލާއެއްގައި ވެސް އިންފިނިޓީ ޕްރައިވެޓް ޕޫލަކާއި ބަޓްލާ ސާވިސް އަދި ލައިބްރަރީގެ އިތުރުން ހިތްގައިމު ކުރެހުންތައް ވެސް ހުރެ އެވެ.

އޭގެ އިތުރުން ފަޅުތެރޭގައި ވަކިން ހަދާފައިވާ ތިން ކޮޓަރި އޯޝަން ރެސިޑެންސް އަދި އެއްގަމުގައި ހަތަރު ކޮޓަރީގެ ބީޗް ރެސިޑެންސް ވެސް ހުރެ އެވެ. ތިން ކޮޓަރި ހުންނަނީ އޯޝަން ރެސިޑެންސްގައި 4،000 އަކަފޫޓުގެ ޖާގައަކަށް ފެތުރިފަ އެވެ. އެއިން ކޮންމެ ރޫމެއްގައި ޑްރެސިން ރޫމަކާއި ވޯލްކް އިން ކްލޯޒެޓް، އަދި ދެ އިންފިނިޓީ ޕޫލާއި ސްޕާއެއް ވެސް ހުރެ އެވެ.

އެ ރިސޯޓުން ބުނީ އެތަނުގެ މަސައްކަތްކުރަމުންދިޔަ އިރު އެ ރަށުގައި ހުރި 1،000 އަށް ވުރެ ގިނަ ގަސް ހިމާޔަތްކޮށްފައިވާނެ ކަމަށެވެ.