Roadha Mihaaru
ކޮކޫންގެ ދެވަނަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

ކަނޑު އަޑީގެ ރެސްޓޯރަންޓަކާއެކު ކޮކޫންގެ ދެވަނަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

17 ޖުލައި 2018

ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓު، "ޔޫ އެންޑް މީ" އަންނަ ޑިސެމްބަރު 1 ގައި ރ. އަތޮޅުގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓު، "ޔޫ އެންޑް މީ" އަންނަ ޑިސެމްބަރު 1 ގައި ރ. އަތޮޅުގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮކޫން އިން ފުރަތަމަ ރިސޯޓު މިދިޔަ އަހަރު ހުޅުވާފައި ވަނީ ޅ. އޫކޮޅުފިނޮޅުގަ އެވެ. ރާއްޖޭގެ ބައިސަން އާއި އިޓަލީގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި އަދި ސްރީލަންކާގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ އުތުރުމާފަރު ހޮލްޑިންއިން ހަދާ ދެވަނަ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ ރ. އުތުރުމާފަރު ކިޔާ ރަށުގަ އެވެ.

ލަގްޒަރީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށުގެ މޫދުގައި 99 ވިލާ ހުރެ އެވެ. އޭގެ އިތުރުން 10 ބީޗް ކޮޓަރި ވެސް ހުރެ އެވެ.

މާލެއިން ފުރައިގެން ސީޕްލޭންގައި 45 މިނެޓް އަދި ރ. އިފުރު އެއާޕޯޓުން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަ ރިސޯޓެކެވެ. އެގޮތުން ދެމަފިރިން އަދި ހަނީމޫނަށް އަންނަ މީހުންނަށާއި ރައްޓެހިންނަށް ހާއްސަ ރިސޯޓަކީ ރާއްޖޭގެ އެހެން ރިސޯޓުތަކާ ވަރަށް ތަފާތު ހިތްހަމަޖެހެއް ލިބޭނެ ތަނެއް ކަމަށް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ޔޫ އެންޑް މީ ބައި ކޮކޫންގެ ވޯޓާ ވިލާއެއް: މި ރިސޯޓުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުރޭ. ފޮޓޯ: ކޮކޫން

ޔޫ އެންޑް މީ ބައި ކޮކޫންގެ ވޯޓާ ވިލާއެއް: މި ރިސޯޓުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުރޭ. ފޮޓޯ: ކޮކޫން

މި ރިސޯޓުގައި، ރ. އަތޮޅުގައި ހަދާ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ވެސް ހުރެ އެވެ. އެޗްއޯ2ގެ ނަމުގައި ހަދާ ރެސްޓޯރަންޓުން 360 ޑިގްރީ ވިއުއެއް ފެންނާނެ އެވެ. މީގެ އިތުރުން މަތީ ފެންވަރުގެ އެކި ކެއުންތައް ލިބޭ ފަސް ރެސްޓޯރަންޓް ހުރެ އެވެ.

ޔޫ އެންޑް މީ ބައި ކޮކޫންގައި ސްޕާގެ އިތުރުން ޑައިވިން އާއި ވޯޓާ ސްޕޯޓްސް އަދި އެކްސްކާޝަންގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެ ރިސޯޓުން ވަނީ ހުޅުވުމާ ދިމާކޮށް ހާއްސަ އޮފައެއް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން މަދުވެގެން ހަތް ރޭ މަޑުކުރަން އަންނަ ނަމަ ހިލޭ ޑޮމެސްޓިކް ދަތުރު ދިނުމާއި ސީޕްލޭނުން ދަތުރުކުރާ މީހުންނަށް 250 ޑޮލަރުގެ ޑިސްކައުންޓެއް ދިނުން ވެސް ހިމެނެ އެވެ.