Roadha Mihaaru
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު

ރައީސް ޔާމީންގެ އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު

27 އެޕްރީލް 2018

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފައިސާގެ ގޮތުން އަގު ބޮޑު، ބިޔަ މަޝްރޫއުތަކެއް ހިންގަމުން ގެންދިޔަ ނަމަވެސް އެންމެ ބޮޑު ބިޔަ މަޝްރޫއަކީ ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓައި ހިމާޔަތް ކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފައިސާގެ ގޮތުން އަގު ބޮޑު، ބިޔަ މަޝްރޫއުތަކެއް ހިންގަމުން ގެންދިޔަ ނަމަވެސް އެންމެ ބޮޑު ބިޔަ މަޝްރޫއަކީ ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓައި ހިމާޔަތް ކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"އުމުރާނީ ތަރައްގީ އަށް ވުރެ ބޮޑު މަޝްރޫއެއް ރައީސް ކުރިއަށް އެބަ ގެންދަވާ. އެއީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަޝްރޫއު. މި މަޝްރޫއަކަށް އަގެއް ނެތް. މިއީ އަގު ނުކުރެވޭނެ މަޝްރޫއެއް،" ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން، ޕީޕީއެމުން ތ. ވޭމަންޑޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހި ހުރިހާ ރައްޔިތުން އެބަޖެހޭ މިކަމާ މެދު ވިސްނަން. މި ހުރިހާ މަޝްރޫއުތަކަށް ވުރެ މުހިއްމު ބިޔަ މަޝްރޫއެއް އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަޝްރޫއަކީ. ހަމައެކަނި އެ ސަބަބަށްޓަކައި ވެސް އެބަޖެހޭ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވަން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އިން އިސްލާމް ދީން ފޮހެލަން އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެ މަސައްކަތް ކުރެ އެވެ. އަދި އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭމަންޑޫގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމާއި ދައުލަތުގެ ބައެއްް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

ވޭމަންޑޫގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމާއި ދައުލަތުގެ ބައެއްް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އިސްލާމް ދީނަށް ކުޑައިމީސް ކުރަން ކުރި މަސައްކަތް މަތިން ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ. އަދި ހުރިހާ ދިވެހި ރައްޔިތުން މިކަމާ ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެފަދަ ބަޔަކަށް އަނެއްކާ ވެސް ރާއްޖޭގެ ވެރިކަން ދީފި ނަމަ، އިސްލާމް ދީން ނޫން ދީންތައް ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާނެކަމާ ދޭތެރޭ ޝައްކެތް ނެތް ކަމަށެވެ.

"އިސްލާމް ދީން މި ރާއްޖޭގައި ހިމާޔަތް ކުރުމަށް ރައީސް ޔާމީން ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރި މަސައްކަތް. ދީން ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މިސްކިތްތައް ބިނާ ކުރުމާއި އަދި އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރަން ކުރެވުނު މަސައްކަތްތަކާއި މި ހުރިހާ ކަމަކީ އަގު ނުކުރެވޭނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

ޕީޕީއެމުން މިރޭ ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

އޭނާ ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ފަރާތްތަކުގައި ކިބައިން ފެންނަނީ ފަނާ ކުރުމުގެ ވިސްނުން ކަމަށާއި އެކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ މުސްތަގުބަލަށްޓަކައި މި ގައުމުގެ ގައުމިއްޔަތާއި އިސްލާމް ދީން ކުރިއަށް އޮތް ދުވަސްތަކަށް ވާރުތަ ކުރުވުމަށްޓަކައި ރައީސް ޔާމީނަށް އެބަ ޖެހޭ އަޅުގަނޑުމެން ދީނީ ގައުމީ ވިސްނަމުން ވިސްނައި މިކަން ފުރިހަމަކޮށް ދޭން،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ނުކޮށްފި ނަމަ ވާނެ ގޮތް ފެނިގެން އެބަދޭ. އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ކެނޑިނޭޅި މިކުރާ ކަމަކީ މިތަނުގައި އެހެން ދީންތަކަށް ފުރުސަަތު ދޭން ކުރާ މަސައްކަތް."