އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާ އަދާލަތު ޕާޓީއަކީ މިހާރު އެ ޕާޓީ އުފެއްދި އަސްލު މަގުސަދު ހަނދާން ނައްތާލައި، އަމިއްލަ އެދުމައިގެން އުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
13 ސެޕްޓެމްބަރ 2018
އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާ އަދާލަތު ޕާޓީއަކީ މިހާރު އެ ޕާޓީ އުފެއްދި އަސްލު މަގުސަދު ހަނދާން ނައްތާލައި، އަމިއްލަ އެދުމައިގެން އުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
އައްޑޫ ހިތަދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއް އިފުތިތާހު ކުރަން ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އިސްލާމް ދީން ނޫން ދީންތައް ރާއްޖޭގައި ފަތުރައި، ލާދިނީ ފިކުރުތަކެއް ގެންގުޅޭ ބަޔަކާ އެކު އެއްވެސް ބަޔަކު މަސައްކަތް ނުކުރާނެ ކަމަށެވެ.
އަދާލަތަކީ އިސްލާމް ދީން ކުރިއަރުވައި، އެ ދީން ހިމާޔަތް ކުރުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.
"އަދާލަތު ޕާޓީ އުފެދިގެން އައީ މި ގައުމުގައި އޭރު އެމްޑީޕީ އުފެދިގެން އައުމުން އެ ޕާޓީން މިތަނުގައި ލާދިނީ ފިކުރުތައް ފަތުރަން މަސައްކަތް ކުރާނެތީ އަދި އެކަން ކުރާތީ އެކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރަން،" މުއިއްޒު ވިދާޅުވި އެވެ. "އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި ވަރަށްް މަތިވެރި މާތް މަގުސަދެއްގައި އަދާލަތު ޕާޓީ އުފެދުނީ."
އޭނާ ވިދާޅުވި ގޮތުގައި އެ މަގުސަދު ހަނދާން ނައްތާލައި އަދާލަތުން މިހާރު އުޅެނީ އަމިއްލަ އެދުމައިގެންނެވެ.
"އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަނީ އެ ޕާޓީ އުފެއްދި މުއައްސިސުން ރާއްޖޭގެ ގަދަރުވެރި ޝެއިހުން އެ ޕާޓީ ދޫކޮށްލައި މިހާރު ނުކުމެ ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ތަން މިހާރު ފެނިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ކީއްވެތޯ އެހެންވީމަ އެ ބޭފުޅުން އަދާލަތު ދޫކޮށްލެއްވީ؟ މިހާރު އެ ޕާޓީ އުފެއްދި މަގުސަދު ދޫކޮށްލައި އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ މުޅިން އެހެން ބޭނުންތަކެއްގައި. މުޅިން އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ބޭނުންތަކެއްގައި."
މުއިއްޒު ވިދާޅުވީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމުގައި ޝައިހް އިލްޔާސް ހުސައިން ފަދަ ބޭފުޅުންނަށް ދެއްކެން އޮތީ ކޮން ހުއްޖަތެއްތޯ ސުވާލުކޮށްލަން ބޭނުންވާ ކަމަށެވެ.
އަދާލަތަކީ އަމިއްލަ އެދުމާއިގެން އުޅޭ ޕާޓީއެއް: މުއިއްޒު
"...މިތަނުގައި އިސްލާމީ ހަޟާރަތް ވަރުގަދަ ކުރުމަށްޓަކައި ކުރި މަސައްކަތް ކަމުނުގޮސްގެންތޯ ތި މަސައްކަތް ކުރައްވަނީ؟" މުއިއްޒު ވިދާޅުވި އެވެ. "...މިތަނުގައި އޮލްޓަނެޓިވް ނެރެޓިވްއެއް ބޭނުންވެގެން އުޅުއްވާ ބޭފުޅުންނާ އެކު މަސައްކަތް ކުރުމަކީ ދީން ހިމާޔަތް ކުރުން ކަމަށްވާތީތޯއޭ ތި މަސައްކަތް ތި ކުރައްވަނީ؟"
މިނިސްޓަރު ވިދާޅުވީ އަދާލަތުގެ މިސްރާބު މިހާރު ހުރީ އަމިއްލަ އެދުމާއި މާއްދިއްޔަތާ ދިމާއަށެވެ. ލާނިދީ ބަޔަކު ކަމުދަނީ އެހެންވެން ކަމަށް ވިދާޅުވި އެވެ.
"ރަނގަޅަށް އެނގޭތީ މި ދެންނެވީ އެ ބޭފުޅުންގެ އަސްލު ސިފަތައް އެނގޭތީ މި ދަންނަވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ވަރަށް ޣައިރު ޒިންމާދާރު ފިތުނަވެރި ކަންތައްތަކެއް ކުރައްވަމުން އެ ގެންދަނީ." މުއިއްޒު ވިދާޅުވި އެވެ.
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
"ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ"
މަންހަޖުގައި އައިސީޓީ ހިމަނާނަން: ރައީސް
މާލެ ފިޔަވައި އެންމެ ބޮޑު ހޭދަކުރީ އައްޑުއަށް: ރައީސް
އައްޑޫން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލުކުރަނީ
"އައްޑޫގެ މަގުތައް ހަދަން ވަރަށް އަވަހަށް ފަށާނެ"
މާލޭން ނުލިބޭ ސިއްހީ ފަރުވާ އައްޑޫން ލިބޭނެ: މުއިއްޒު
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން