ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި މީގެ އިރުކޮޅެއް ކުރިން އަލިފާން ރޯވެ ދެ މީހަކު ފިހިއްޖެ އެވެ.
ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި މީގެ އިރުކޮޅެއް ކުރިން އަލިފާން ރޯވެ ދެ މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ހަވީރު 4:30 ހާއިރު މި އަލިފާނުގެ ހާދިސާގައި ފިހުނީ ދިވެއްސަކާއި ބޭރު މީހަކު ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން ބޮޑަށް ފިހުނީ އެމްއެންޑީއެފުން ބުނިގޮތުގައި، ދިވެހި މީހާ އެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ، ކައިރިކައިރީގައި އޮތް ދެ ދޯނީގެ ތެރެއިން އެއް ދޯންޏަކަށް ތެޔޮ އެޅުމުގެ ތެރޭގައި ކަމަށެވެ.
ދޯނިތަކުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ފަޔާ ލޯންޗު ކަނޑުމަތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ބުނެ އެވެ.
ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި މިއަދު ހަވީރު ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ފަޔާ ޓީމުން ފެން ޖަހަނީ.---ފޮޓޯ: އެމްއެންޑީއެފް
"އަލިފާން ރޯވީ ފަޅުގައި އޮތް ދޯންޏެއްގައި، ދޯނީގެ ވާ ކަނޑާލީމާ ދޯނު ފަޅު ބޭރަށް އޮޔާ ދަނީ،" އެމްއެންޑީއެފްގެ މީޑިއާ ވައިބާ ގުރޫޕުގައި ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަވީރު 5:37 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ތިންވަނަ އަލިފާނާއެކު ސެކިއޯ ބޭގަށް ބޮޑު ގެއްލުމެއް!
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އަލިފާނުގެ ހާދިސާގައި 30 މިލިއަން ރުފިޔާގެ ގެއްލުން!
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެ އަނދަނީ
މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި
ކައުންސިލަރު ތުހުމަތު ކުރަނީ ބަޔަކު ރޯކޮށްލީ ކަމަށް!
ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލެއް ނުވޭ
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!