30 އެޕްރީލް 2018
ރާއްޖެ ދަރަނިވެރި ނުވެ ސަލާމަތް ވާން، މިހާރުން ފެށިގެން މާލީ ރައްކާތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ދަރަނިވެރި ނުވެ ސަލާމަތް ވާން، މިހާރުން ފެށިގެން މާލީ ރައްކާތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް އިފްތިތާހު ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި ދަރަނީގައި ނުޖެހި ގައުމު ސަލާމަތްކުރަން މި ވަގުތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
އަވައްޓެރި ސްރީ ލަންކާ ނުވަތަ ތަރައްގީ ވަމުން އަންނަ އެހެން ބައެއް ގައުމުތައް ދަރަނިވެރިވަމުން ދާކަން ފާހަގަ ކުރައްވައި ގަވަރުނަރު ވިދާޅުވީ، އެފަދަ ކަމަކުން ރާއްޖެ ސަލާމަތް ވުމަށް މިހާރުން ފެށިގެން ރިޒާވްތައް އިތުރު ކުރަންޖެހޭ ކަަމަށެވެ. އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނައިރު، ދަރަންޏާއި ފައިނޭންސް މެނޭޖް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ޓޫރިސްޓް އެރައިވަލް އިތުރުވާ ތަން. އަދި ޓޫރިޒަމްގެ ނަފާ މިދަނީ އިތުރުވަމުން. މިއީ އަޅުގަނޑުމެންގެ ރިޒާވްތައް އިތުރުކޮށް، ދަރަނި މެނޭޖް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންވީ ވަގުތު. އަދި ފައިނޭންސް މެނޭޖް ކުރަން ސަމާލުވާންވީ ވަގުތު،" ގިނަަ ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ވިދާޅުވި އެވެ.
މިއަދު ބޭއްވި ފައިނޭންސް ފޯރަމްގައި ގަވަރުނަރު އަހުމަދު ނަސީރު (ކ).-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަމަށް ސަމާލުކަން ދީގެން މަަސަައްކަތް ނުކުރާ ނަމަަ އެހެން ގައުމުތަކާ އެއްފަދަ އިން ރާއްޖެ ވެސް ދަރަނިވެރިވުމުގެ ބިރު އެބައޮތެވެ. ނަމަވެސް އެ ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތް ކުރާ ނަމަ، ދަރަނިވެރި ނުވެ ސަލާމަތް ވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށް ވެސް ގަަވަރުނަރު ވިދާޅުވި އެވެ.
"މި ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތް ކޮށްފިނަމަ، އަޅުގަނޑުމެންނަށް އަދިވެސް ވަގުތު އެބައޮތް ދަރަަނިވެރި ނުވެ ސަލާމަތް ވުމަށް. އަދި އެ ކަންކަމަށް ސަމާލުކަން ނުދޭ ނަމަ ދަރަނިވެރި ވެފައިވާ އެހެން ގައުމުތަކާއި އެއް މަގުން ރާއްޖެ ވެސް ހިނގާނީ،" ގަވަރުނަރު ވިދާޅުވި އެވެ.
ދަރަނިވެރި ނުވެ ސަލާމަތް ވުމަށް އެންމެ ބޮޑު ބާރަކަށް ވާނީ އިގްތިސާދީ ދުވެލި މަޑުވިޔަ ނުދީ، ކުރިއެރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ދަށް ކުރުން މުހިންމު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"މަސައްކަތްތެރިކަން ވެސް އިތުރަށް ވަރުގަދަ ކުރަން ޖެހޭ އަދި ތައުލީމާއި ޓްރެއިނިން އަށް ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރަން ވެސް ޖެހޭ. އޭރުން ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުވެ، ކުރިއަށް އޮތް ތަަނުގައި އިގްތިސާދަށް އޭގެ ފައިދާ ކުރާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
މާލީ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ: ގަވަރުނަރު
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
ޖަލީލުގެ މުހިންމު މެސެޖެއް: ލޯނުތައް ނުނަގާ!
އޮތް ހަމައެކަނި ގޮތަކީ ލޯނު ނެގުން: ނަސީރު
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދައުލަތުގެ ދަރަނި ފުރަތަމަ ފަހަރަށް 50 ބިލިއަނަށް!
ރާއްޖޭގެ އިގްތިސާދު މި އަހަރު ވެސް ކުރިއަރާނެ: ނަސީރު
މިދިޔަ އަހަރު ރަސްމީ ރިޒާވް 21 ޕަސެންޓުން ކުރިއެރި
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން