Roadha Mihaaru
ކަށި ހިނގާ ގަޑި ކިޔަން ނޭނގޭ ކުދިން ގިނަވަނީ

ކަށި ހިނގާ ގަޑި ކިޔަން ނޭނގޭ ކުދިން ގިނަވަނީ

02 މެއި 2018

ކޮންމެ ދިމާލަކުން މިހާރު ފެންނާނީ ޑިޖިޓަލްވެފައިވާ ވަރާއި ދިރިއުޅުން ސްމާޓްވެފައިވާ މިންވަރެވެ. އެއްގޮތުން މިއީ ރަނގަޅު އަދި ފަސޭހަ ބަދަކަށް ވެސް ވެދާނެ އެވެ. އެކަމަކު ޑިޖިޓަލްވެގެން ގޮސް ލިޔަން ކިޔަން ނޭނގޭ ހިސާބަށް ގޮސްފި ނަމަ ކިހާ ދެރަ ހެއްޔެވެ؟

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންމެ ދިމާލަކުން މިހާރު ފެންނާނީ ޑިޖިޓަލްވެފައިވާ ވަރާއި ދިރިއުޅުން ސްމާޓްވެފައިވާ މިންވަރެވެ. އެއްގޮތުން މިއީ ރަނގަޅު އަދި ފަސޭހަ ބަދަކަށް ވެސް ވެދާނެ އެވެ. އެކަމަކު ޑިޖިޓަލްވެގެން ގޮސް ލިޔަން ކިޔަން ނޭނގޭ ހިސާބަށް ގޮސްފި ނަމަ ކިހާ ދެރަ ހެއްޔެވެ؟

އިނގިރޭވިސާލާތުގެ އެސޯސިއޭޝަން އޮފް ސްކޫލް އެންޑް ކޮލެޖް ލީޑާސް އިން މިހާރު ބުނަނީ އެ ގައުމުގެ ދަރިވަރުންގެ ބޮޑު ޕަސެންޓޭޖަކަށް އެނަލޮގް ގަޑި ބޭކާރު އެއްޗަކަށްވެފައިވާ ކަމަށެވެ. ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ކަށިލީ ގަޑި ބަލައިގެން ގަޑި ބުނަން ނޭނގޭ ޕްރައިމަރީ އާއި ސެކަންޑްރީ ދަރިވަރުން މިހާރު އިނގިރޭސިވިލާތުގައި ގިވަމުންދާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެސޯސިއޭޝަން އޮފް ސްކޫލް އެންޑް ކޮލެޖް ލީޑާޒްގެ ޖެނެރެލް ސެކްރެޓަރީ މަލްކޮމް ޓްރޯބް ވިދާޅުވީ އެނަލޮގް ގަޑި ބޭކާރު އެއްޗަކަށްވީ ކޮމްޕިއުޓަރާއި މޮބައިލް ފޯނުން ޑިޖިޓަލްކޮށް މިހާރު ގަޑި ބަލައިލެވޭތީ ކަމަށެވެ.

"މިހާރުގެ ކުދިންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެނަލޮގް ގަޑި ކިޔާކަށް،" ޓެލެގްރާފަށް ޓްރޯބް ވިދާޅުވި އެވެ. "އެކަމަކު މިއީ ވަރަށް ދެ ކަމެއް. އަދި އެހާމެ ހިތާމަ ވެސް ހުރި ކަމެއް."

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސްކޫލްތަކުން މިހާރު ވަނީ އެނަލޮގް ގަޑި ބޭރު ކުރަން ފަށައި، ޑިޖިޓަލް ގަޑިތައް ސްކޫލްތަކުގައި ބަހައްޓަން ފަށައިފަ އެވެ.

ނަމަވެސް މި ބަދަލާ މެދު ބައެއް މީހުން ތިބި ހިތްހަމަނުޖެހިފަ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ މިދާ ގޮތަށް ޓެކްނޮލޮޖީގެ ތެރެއަށް ގޮސް ހުސްވާ ނަމަ ކުރިއަށް އޮތް ތަނުގައި ދަރިވަރުންނަށް އަތުން ލިޔަން ވެސް ނޭނގޭނެ ކަމަށެވެ.

"ފަންސުރުން ނުވަތަ ގަލަމުން ލިޔުމަކީ އެތައް ހުނަރެއް އަދި އެތައް ފައިދާއެއް ކުރުވާ ކަމެއް. އެކަމަކު ދިރިއުޅުން ސްމާޓްވެ، ޑިޖިޓަލްވުމަކީ މިކަހަލަ އެތައް ހުނަރަކުން ކުދިން މަހުރޫމުކޮށްލާނެ ކަމެއް." އޮކިއުޕޭޝަން ތެރަޕިސްޓް ސެލީ ޕޭން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލެޕްޓޮޕާއި އައިޕެޑް ފަދަ ތަކެއްޗަކީ ދަރިވަރުންގެ އަސްލު ހުނަރުތައް ފޮރުވައިލާނެ ކަމެކެވެ. އެހެންވެ ދިރިއުޅުން ސްމާޓްވަމުން ދިޔަ ނަމަވެސް އާންމު ހުނަރާއި އާދަތައް އެކީގައި ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށް ސެލީ ވިދާޅުވި އެވެ.