Roadha Mihaaru
ބައިކް މޯލްޑިވްސް އިން ބައިސިކަލް ރޭހެއް ބާއްވައިފި

ބައިކް މޯލްޑިވްސް އިން ދަރިވަރުންނަށް ބައިސިކަލް ރޭހެއް ބާއްވައިފި

06 މެއި 2018

ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، ބައިކް މޯލްޑިވްސް އިން މިދިޔަ ހަފުތާ ބަންދުގައި ބައިސިކަލް ރޭހެއް ބާއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، ބައިކް މޯލްޑިވްސް އިން މިދިޔަ ހަފުތާ ބަންދުގައި ބައިސިކަލް ރޭހެއް ބާއްވައިފި އެވެ.

މި ރޭސް ސްޕޮންސާކޮށްފައިވަނީ ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކަމަށް ވާއިރު އެ ކުންފުނިން ބުނީ، މާލެ ސަރަހައްދުގެ 20 ސްކޫލަކުން 400 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

ހުޅުމާލޭގައި ބޭއްވި އެ ރޭހުން އެއް ވަނަ ހޯދާފައިވަނީ ސީއެޗްއެސްއީ އެވެ. ގާޒީ ސްކޫލުން ދެ ވަނަ ހޯދިއިރު ތިން ވަނަ ހޯދީ ހިރިޔާ ސްކޫލެވެ.

ދަރިވަރުންނަށް އަމާޒުުކޮށް ބޭއްވި ބައިސްކަލް ރޭހުގެ ވަނަ ހޯދި ސްކޫލަކަށް މެޑަލް ދެނީ.-- ފޮޓޯ: ދިރާގު

ދަރިވަރުންނަށް އަމާޒުުކޮށް ބޭއްވި ބައިސްކަލް ރޭހުގެ ވަނަ ހޯދި ސްކޫލަކަށް މެޑަލް ދެނީ.-- ފޮޓޯ: ދިރާގު

ބައިސިކަލް ރޭހުން، ހަތަރު ކެޓަގަރީއަކުން އަންހެން އަދި ފިރިހެން އެންމެ މޮޅު ސްކޫލު ހޮވާފައިވެ އެވެ.

ދަރިވަރުންނަށް އަމާޒުކޮށް ބައިސިކަލް ރޭހެއް ބޭއްވީ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ދަސްކޮށްދިނުމަށެވެ.

"ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ ދިރިއުޅުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވި މުބާރާތެއް. ސްކޫލުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވަނަތައް ހޯދި ސްކޫލުތަކަށް ވަނީ މެޑަލް އާއި ޓްރޮފީ ދީފަ އެވެ.