Roadha Mihaaru
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަނީ

ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

06 މެއި 2018

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާ އަށް ޗިޓް ފޮނުވައިފި އެވެ.

މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާ އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ޔުމްނާ ފުލުސް އޮފީހަށް ކުރާއިރު، އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ، އެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. މައުމޫނާއި ނަދީމް ބަންދުކުރިތާ މިއަދަށް ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.

މައުމޫނާއި ފާރިސް އަދި ނަދީމްގެ މައްޗަށް ވެސް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.