Roadha Mihaaru
ވަކީލެއް ހަމަޖައްސަން ޔުމްނާއަށް އިތުރު ފުރުސަތެއް ނެތް

ވަކީލެއް ހަމަޖައްސަން ޔުމްނާއަށް އިތުރުފުރުސަތެއް ނުދިން

08 މެއި 2018

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން އެކަން ކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން އެކަން ކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކޮށް ޔުމްނާ އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން ވަކީލަކާ އެކު މިއަދު 4:30 ގައި ފުލުހަށް ހާޒިރުވާން އަންގައި އިއްޔެ ވަނީ ޗިޓް ހަވާލުކޮށްފަ އެވެ.

ވަކީލެއް ހަމަޖެއްސުމުގެ މުއްދަތު އިތުރު ނުކޮށްދިން ކަމަށް ޔުމްނާ ވިދާޅުވެ ކުރެއްވި ޓްވީޓް

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ޔުމްނާ އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ އާއިލާގެ ތިން މެމްބަރަކު މިހާރު ވެސް ހައްޔަރު ކޮށްފައިވާތީ އާއި ގާނޫނީ ވަކީލުން ވަރަށް ބުރަކޮށް ކަމަށް ވާތީ، ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ޖަވާބުގައި ފުލުހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޔުމްނާ އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

Vakeelakaa eku maadhama Fuluhah haaziruvaan Yumna ah angaifi

Vakeelakaa eku maadhama Fuluhah haaziruvaan Yumna ah angaifi

The most trusted news source in the Maldives

Mihaaru

ޔުމްނާ އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން--

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.